މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ީުއިއުލާން

                             ނަމްބަރ: (IUL)295-B/2020/60

އިޢުލާން

ވަޒީފާގެ ފުރުޞަތު:

    

     މިއިދާރާއަށް ވޭޖް އެމްޕްލޯއިމަންޓްގެ ދަށުން މިދަންނަވާ މަޤާމަށް މީހުން ބޭނުންވެއްޖެއެވެ.

މަޤާމް:

އިމާމް / މުދިމް (ވޭޖް އެމްޕްލޯއިމަންޓް)

ބޭނުންވާ އަދަދު:

3 (ތިނެއް)

ރޭންކް:

އިމާމް ޖީ.އެސް 3 / މުދިމް ޖީ.އެސް 1

މުސާރަ:

ޢިމާމް:

 ޝަރުތުހަމަވާ ފަރާތްތަކަށް މަސައްކަތްކުރާ ގަޑިއަކަށް -/61 ރުފިޔާ

މުދިމް:

 މަސައްކަތްކުރާ ގަޑިއަކަށް -/53 ރުފިޔާ

ވަޒީފާ އަދާކުރަންޖެހޭ އޮފީހާއި ސެކްޝަން:

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް / ނ.ހޮޅުދޫ މިސްކިތްތައް

މަޤާމުގެ ފެންވަރު ނުވަތަ ޝަރުތު:

ޢިމާމް:

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު،

1)     މުދިމްކަމުގެ ސަނަދު ލިބިފައިވުން، ނުވަތަ

2)     ހުކުރުކުރުމުގެ ސަނަދު ލިބިފައިވުން ، ނުވަތަ

3)     ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3ގެ ސަނަދެއް ޙާޞިލްކޮށްފައިވުން

މުދިމް:

1)     ތަޖުވީދުގެ މަގުން ރިވެތިކޮށް ޤުރުޢާން ކިޔަވަން އެނގުމާއި ބަންގި ގޮވުމާއި އިމާމުވެ ނަމަދުކުރަން ދަތުން.

 

 

އުޖޫރައާއި އިނާޔަތްތައް:

 

 

ދިވެހި ސިވިލް ސަރވިސްގެ ޤަވާއިދުގެ 116 ވަނަ މާއްދާގެ (ހ)، (ށ)، އަދި (ނ) ގައިވާ ގޮތުގެމަތިން

 

ވާޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ލިބިފައިވާ ތަޢުލީމާއި ތަމްރީން.

ލިބިފައިވާ މަސައްކަތުގެ ތަޖްރިބާ.

މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް ދެނެގަތުމަށް ކުރެވޭ އިންޓަވިއު.

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި ވަޒީފާއަށް ކުރިމަތިލުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން، 23 ޑިސެމްބަރ 2020 ވާ ބުދަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން، ހުށައަޅަންޖެހޭ އެންމެހައި ލިޔުންތައް، މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ ކައުންސިލް އިދާރާއަށް ހުށައެޅުއްވުން އެދެމެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުން ބާއްވާ އިންޓަވިއު  ބޭއްވުމަށް ހަމަޖެހިފައިވަނީ އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 03 ދުވަހުގެ ތެރޭގައި މިއިދާރާގައެވެ.

 

ހުށައަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށްއެދި ހުށައަޅާ ސިޓީ
  • އައި.ޑީ ކާރޑުގެ ކޮޕީ
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
  •  

އިތުރު މަޢުލޫމާތު:

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6560009 ނަންބަރު ފޯނަށެވެ. އީ މެއިލް އެޑްރެހަކީ [email protected] އެވެ.

14 ޑިސެންބަރު 2020
ހޯދާ