މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގްރައުންޑް އެސިސްޓެންޓް މަޤާމަށް މީހަކުހޯދުން

ނަމްބަރ: (IUL)297-AD/297/2020/63

އިޢުލާން

 

މަޤާމް:                            ގްރައުންޑް އެސިސްޓެންޓް

ބޭނުންވާ އަދަދު:                      1 (އެކެއް) 

މަޤާމުގެ ގިންތި :                     ވަގުތީ، ކޮންޓްރެކްޓް (01 އަހަރު)

މަޤާމުގެ ރޭންކް:                      އެސް.އެސް 1 

ވަޒީފާއަދާކުރަންޖެހޭތަން:                 ނ.ވެލިދޫ އިޖްތިމާޢީމަރުކަޒު

މަސައްކަތުގަޑި:                       15:30 ން 18:00 ން 20:00 ން 23:30 ށް

މުސާރަ:                            މަހަކު 3100 ރުފިޔާ

ސަރވިސް އެލަވަންސް:                 މަހަކު 1000.00 ރުފިޔާ

އެހެނިހެން އެލަވަންސް:                  ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

                                 ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެފައިސާ

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. މަރުކަޒާއި އަދި މަރުކަޒުން ބަލަހައްޓަންޖެހޭ ތަންތަނުގެ އެތެރެއާއި ބޭރުގެ ރައްކާތެރިކަމާއި، ތަނުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމާއެކު މަސައްކަތުގެ ވަޤުތުގައި ދޭންޖެހޭ ސަމާލުކަން ހުރިހާޢޭރިޔާތަކަށް ދިނުމާއި އަދި މަރުކަޒުގެ އެއްވެސް އޭރިޔާއެއްގައި ސަލާމަތި ކަންތައް ބެލެހެއްޓުމުގައި އެއްވެސް ދަތިކަމެއް ވާނަމަ އެކަމެއް މަރުކަޒުގެ އިސްމުވައްޒަފަށް މައުލޫމާތުދިނުމާއެކު އެކަމެއް ޙައްލުކުރުމަށް ޢަމަލީގޮތުން މަސައްކަތްކުރުން.

 

  1. މަރުކަޒަށް ޙާޟިރުވުމާއި ޙާޟިރުވެ ސޮއިކުރުންފަދަ ހުރިހާކަމެއްގައި އަމިއްލަ މަސްއޫލިއްޔަތު އުފުލުމާއެކު އިސް މުވައްޒަފަށް ދޭންޖެހޭ އެއްބާރުލުން ދިނުން.

 

  1. މަރުކަޒުން ހޯދަންޖެހޭ ތަކެތި ހޯދުމުގައި އިސްމުވައްޒަފުންގެ އިރުޝާދާއެއްގޮތްވާގޮތުގެ މަތީން ހޯދަންޖެހޭ ކޯޓޭޝަންއާއި އެކިތަންތަނަށް ގެންގޮސް ގެންނަންޖެހޭ ލިޔެކިޔުމާއި ސާމާނު ގެނަސް ގެންދިއުމާއި އަދި އެފަދަ ކަންތަކުގައި އިސް މުވައްޒަފަށް ދޭންޖެހޭ އެއްބާރުލުން ދިނުން.

 

  1. ޒުވާނުންގެ މަރުކަޒުން ދެވޭ ޚިދުމަތްދެމުންދާހުރިހާ ވަގުތެއްގައިވެސް މަރުކަޒުގެ ތަކެއްޗާއި ތަނުގެ ސަލާމަތްތެރިކަމަށް ސަމާލުކަން ދިނުމާއި، މަރުކަޒުގެ އެއްވެސް އޭރިޔާއެއްގައި ހަމަނުޖެހުން އުފެދޭނޭ އެއްވެސް ކަމެއް ހިނގިޔަނުދިނުމާއި މަރުކަޒުގެ އޭރިޔާތަކުގައި ޤާނޫނާ ޤާވާޢިދާ ޚިލާފް އެއްވެސް ކަމެއް ހިގިޔަނުދިނުމުގެ ގޮތުން ޢަމަލީގޮތުން މަސައްކަތްކުރމާއެކު މަރުކަޒުގެ އިސް މުވައްޒަފަށް މަޢުލޫމާތު ފޯޜުކޮށްދިނުމާއި ދޭންޖެހޭ އެހީތެރިކަން ދިނުން.

 

  1. މަރުކަޒުން ހިންގާ ޕްރޮގްރާމްތަކުގައި އިސްމުވައްޒަފުންނަން ދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމާއެކު، ޕްރޮގްރާމްތައް ހިންގުމުގައި ޢަމަލީގޮތުން ބައިވެރިވުމަށް އެދެވިއްޖެނަމަ ބައިވެރިވުން.

   މަޤާމުގެ ޝަރުތުތައް:

1-      ލިޔަންކިޔަންއެގުން.

 ނޯޓް

ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަންކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށްދޫކުރާ ލިއުމަށް ބަލައިގެންނެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

 -          ތަޢުލީމާއި ތަމްރީން

-          މަސައްކަތުގެ ތަޖްރިބާ

-          އިންޓަވިއު

-          ޤާނޫނުތަކާއި ޤަވާޢިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު

-          ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައިވުން

 ހުށައަޅަންޖެހޭ ލިޔުންތައް:

 1. ފުރިހަމަކޮށްފައިވާ ސިވިލްސަރވިސްގެ ވަޒީފާއަށްއެދޭ ފޯމް (މި ފޯމް ސިވިލްސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިލަދުންމަޑުލުދެކުނުބުރީ ވެލިދޫކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

    މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށްއެދި ހުށަހަޅަންޖެހޭ ތަކެތި ހުށައަޅާނީ  24    ޑިސެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ވެލިދޫ ކައުންސިލްގެ އިދާރާއަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެތަނާއި، މުއްދަތު:

     މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު  އޮންނާނީ،   27ޑިސެމްބަރ 2020 ން 31 ޑިސެމްބަރ 2020 އާ ދެމެދު، މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚު ތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓްލިސްޓްކުރުން:

     މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

   އިތުރު މަޢުލޫމާތު:

         އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މިއިދާރާގެ 6560010 ނަމްބަރު ފޯނާއެވެ. މެއިލް ކުރައްވާނީ  [email protected] އަށެވެ.

                                29  ރަބީޢުލްއާޚިރު 1442

                               14  ޑިސެމްބަރ 2020

15 ޑިސެންބަރު 2020
ހޯދާ