މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2021 ވަނައަހަރަށް ވަގުތީގޮތުން މިސްކިތް މުދިމުން / އިމާމުކަންކުރުމަށް ވަގުތީ މުވައްޒަފުންނެގުން

ނަމްބަރ: (IUL)297-AD/297/2020/62 

 

 

 

 

 

 

އިޢުލާން

 

2021 ވަނަ އަހަރަށް ވަގުތީގޮތުން މިސްކިތު މުދިމުން / އިމާމުކަން ކުރުމަށް ވަގުތީ މުވައްޒަފުންނެގުން

           މިރަށުމިސްކިތު އިމާމުން / މުދިމު ޗުއްޓީނަގާ ނުވަތަ މަސައްކަތަށް ހާޟިރުނުވާ ހާލަތުގައި މިސްކިތުގެ މުދިމުކަން ނުވަތަ އިމާމުކަން 1 އަހަރުދުވަހުގެ މުއްދަތަށް ( 2021 ޖެނުއަރީ 1 ން 2021 ޑިސެމްބަރ 31 ށް ) ކޮށްދެވިދާނެ ފަރާތްތަކުން މުއްދަތު ހަމަނުވާ އައިޑީކާޑުގެ ފޮޓޯކޮޕީއާއި ލިބިލައްވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއިއެކު 22 ޑިސެމްބަރ 2020 ވާ އަންގާރަ ދުވަހުގެ 14.00 ގެ ކުރިން ސިޓީއަކުން މިއިދާރާއަށް ހުށަހެޅުއްވުންއެދެމެވެ.

 ·        މަޤާމުގެ މުސާރައާއިބެހޭ

       މުސާރަ: ރޭންކް GS3 ގެ އިމާމެއްނަމަ

     ކޮންމެ ނަމާދު ވަގުތަކަށް 61.00 ރުފިޔާ (ފަސްދޮޅަސްއެއް ރުފިޔާ)

      ރޭންކް GS1  ގެ މުދިމެއްނަމަ ކޮންމެ ނަމާދުވަގުތަކަށް 53.00 ރުފިޔާ (ފަންސާސް ތިން ރުފިޔާ)

  • އެލަވަންސް: ނެތް

އަދި ދަންނަވަމެވެ. މިމަސައްކަތްކޮށް ދިނުމަށް އެދޭފަރާތްތަކާއި މިކައުންސިލާ ދެމެދުވެވޭ އެއްބަސްވުމެއްގެ ދަށުން މަސައްކަތް ހަވާލުކުރެވޭނީ ކަނޑައެޅޭ ތަރުތީބަކުންނެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ.

                              29  ރަބީޢުލްއާޚިރު 1442

                               14  ޑިސެމްބަރ 2020

15 ޑިސެންބަރު 2020
ހޯދާ