މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ލޮނުފެނުން މަސްފިނިކުރާ ނިޒާމު (އާރު.އެސް.ޑަބްލިޔު) ސިސްޓަމުން ޑިއުޓީ މަޢާފް ކުރުން

މަސްވެރިކަންކުރާ އުޅަނދުފަހަރުގައި ލޮނުފެނުގައި މަސްފިނިކުރާ ނިޒާމު (ރެފްރިޖަރޭޓަޑް ސީވޯޓަރ ސިސްޓަމް/އާރު.އެސް.ޑަބްލިޔު ސިސްޓަމް) ޤާޢިމްކުރުމަށް ދިވެހިރާއްޖެއަށް އެތެރެކުރާ އާރު.އެސް.ޑަބްލިޔު ސިސްޓަމުގެ ޑިއުޓީ މަޢާފުކުރުމަށް އެދެމުންދާތީ ދަންނަވަމެވެ. އާރް.އެސް.ޑަބްލިއު ސިސްޓަމަކީ މަސްވެރިން އައިސް ހޯދުމަށް ކުރާ ހޭދަ ކުޑަކޮށްދިނުމަށާއި، މަސްވެރިން ބާނާ މަސް ތާޒާކަންމަތީގައި ގިނަ ވަގުތައް ދެމެހެއްޓުމަށް އެހީތެރިވެދޭނެ ނިޒާމަކަށްވާތީވެ، މަސްވެރި އުޅަނދުފަހަރުގައި ޤާއިމުކުރުމަށް ދިވެހިރާއްޖެއަށް އެތެރެކުރާ މިފަދަ ސިސްޓަމް ތަކަށް ޑިއުޓީ މަޢާފުކޮށްދިނުމަށް ސަރުކާރުންވަނީ ނިންމާފައެވެ.

ވީމާ، އާރް.އެސް.ޑަބްލިއު ސިސްޓަމްގެ ޑިއުޓީ މަޢާފުކުރުމަށް ބޭނުންވާ ފަރާތްތަކުން ހަމަޖެހިފައިވާ އުޞޫލުން މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓަށް [ޑިއުޓީ މަޢާފު ކުރުމަށް އެދޭ ފޯމް] ފުރިހަމަ ކުރައްވާ އިންވޮއިސްގެ ކޮޕީއަކާއެކު އެމިނިސްޓްރީއަށް ހުށަހެޅުއްވުމުން އާރު.އެސް.ޑަބްލިޔު ސިސްޓަމުގެ ޑިއުޓީ މަޢާފް ކުރެވޭނޭކަމުގައި ދަންނަވަމެވެ.

15 ޑިސެންބަރު 2020
ހޯދާ