މަޑުއްވަރީ ސްކޫލް/ ރ. މަޑުއްވަރީ
ދިވެހިރާއްޖެ
2021 ވަނަ އަހަރު އެލް.ކޭ.ޖީ އަށް ދަރިވަރުން ވެއްދުމާގުޅޭ

އިޢުލާން

 

2021 ވަނަ އަހަރު އެލް.ކޭ.ޖީ އަށް ދަރިވަރުން ވެއްދުމާގުޅޭ

            ކޯވިޑް 19 ގެ ހާލަތަށް ރިއާޔަތްކޮށް ދިރާސީ އަހަރަށް ގެނެވުނު ބަދަލާއި ގުޅިގެން ބައެއް ދަރިވަރުން 2021 ވަނަ އަހަރުގެ ދިރާސީ އަހަރު ފެށޭ އިރު އެލް.ކޭ.ޖީ ފުރިހަމަނުކޮށް ޔޫ.ކޭ.ޖީ އަށް ވައްދަން ޖެހޭތީވެ، ޙާއްސަ ޕްރޮގްރާމެއްގެ ތެރެއިން މިކުދިންނަށް 2020 އަހަރުގެ ދެވަނަ ޓާމު (10 ޖަނަވަރީ 2021) ގައި އެލް.ކޭ.ޖީ އަށް ވަނުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

 

     2021 ވަނަ އަހަރު އެލް.ކޭ.ޖީ އަށް ވަދެވޭނީ މީލާދީގޮތުން 01 އޮގަސްޓް 2021 އަށް 5 އަހަރު ފުރޭ ކުދިންނަށެވެ.

 

       ވީމާ، 01 އޮގަސްޓް 2021 އަށް 5 އަހަރު ފުރޭ ކުދިންގެ ތެރެއިން ސުކޫލަށް ވެއްދުމަށްބޭނުންވާ ދަރިވަރުންގެ ބެލެނިވެރިން، (ދަރިވަރު ސުކޫލަށް ވެއްދުމަށް ބޭނުންވާ ފޯމު އަދި ލިޔެކިޔުންތައް ފުރިހަމަކޮށް)      24 ޑިސެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ސުކޫލު އޮފީހަށް ހުށައެޅުއްވުން އެދެމެވެ.

 

ނޯޓް: ފޯމް ދޫކުރުމަށް ހަމަޖެހިފައިވަނީ ބަންދުނޫން ކޮންމެ ދުވަހެއްގެ 9:00 ން 13:00 ށް ސްކޫލް އޮފީހުންނެވެ.

14 ޑިސެންބަރު 2020
ހޯދާ