ދިވެހިރާއްޖެ
އިޢުލާން ނަންބަރު:AS/IUL/2020/023
މަޤާމް: އެސިސްޓެންޓް މެނޭޖަރ
ބޭނުންވާ އަދަދު: 01
ޑިޕާޓްމަންޓް/ސެކްޝަން: ހިއުމަން ރިސޯސަސް އެންޑް އެޑްމިނިސްޓްރޭޝަން/ އެޑްމިން އެންޑް ޕްރޮކިއުމެންޓް
މަޤާމުގެ ޝަރުތު:
- އެޑްމިނިސްޓްރޭޝަން ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލު ކޮށްފައިވުން
- ގުޅޭ ދާއިރާއެއްގައި މަދުވެގެން 02 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- ޕްރޮކިއުމަންޓް ސެކްޝަންގެ ލަނޑުދަޑިތައް ހާސިލްކުރުމަށް ކުރެވިފައިވާ ޕްލޭންތަކާއި އެއްގޮތަށް ސެކްޝަން ފަންކްޝަން ކުރޭތޯ ބަލައި ޕޮލިސީ ތަކާއި އެއްގޮތަށް ޕްރޮކިއުމަންޓް ހިންގުން.
- ކުންފުންޏަށް ބޭނުންވާ މުދަލާއި ޚިދުމަތްތައް ހޯދުމަށް ފަސޭހަ އަދި ޚަރަދު ކުޑަ ނިޒާމެއް ގާއިމުކުރުމުގައި ޑިޕާރޓްމަންޓްގެ އެންމެ އިސްފަރާތަށް އެހީތެރިވެދިނުން.
- ބިޑް އާ ގުޅުންހުރި މަސައްތަކްތައް މޮނިޓަރކޮށް ބެލެހެއްޓުން.
- ބިޑްތަކުގެ ޕްރޮޕޯސަލްތައް އިވެލުއޭޓްކުރުމަށްޓަކައި އިވެލުއޭޝަން ކޮމިޓީއަށް ހުށައަޅަންޖެހޭ އެންމެހާ ލިޔެކިއުންތައް ތައްޔާރުކޮށް ކޮމިޓީގެ ޖަލްސާތައް ބޭއްވުން.
- ޑިސްޕެޗް އަދި އޮފީހުގެ މެއިންޓެނެންސް މަސައްކަތްތައް މޮނިޓަރކޮށް ބެލެހެއްޓުން.
- ޙަވާލުކުރެވިފައިވާ މަސައްކަތްތައް ހިނގަމުންދާކަން ކަށަވަރުކުރުމާއެކު މަސައްކަތްތައް ކުރިއަށްދާގޮތް ޑިޕާރޓްމަންޓްގެ ވެރިޔާއަށް ރިޕޯޓް ކުރުން.
އެހެނިހެން ހުނަރު:
- މައިކްރޯސޮފްޓް އެޕްލިކޭޝަންސްތައް ބޭނުންކުރަން އެނގުން.
- އިނގިރޭސިބަހާއި، ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުން.
- މުސާރައާއި އިނާޔަތް : -/18،566 ރުފިޔާ އާއި، -/20،694 ރުފިޔާ އާ ދެމެދުގެ އަދަދެއް )މުސާރަ ކަނޑައެޅުމުގައި ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކަށާއި މަސައްކަތުގެ ތަޖުރިބާއަށް ބެލެވޭނެ(
ކުރިމަތިލުމުގެ ސުންގަޑި: 20 ޑިސެންބަރ 2020 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން
މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، އާސަންދަ ކުންފުނީގެ ހެޑް އޮފީސް، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ހުށަހެޅުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ.
ހުށަހަޅަންޖެހޭ ތަކެތި:
- ވަޒީފާއަށް އެދޭ ފޯމު
- ޕާސްޕޯޓް ސައިޒުގެ 01 ފޮޓޯ
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ސީވީ.
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ
ވަޒީފާއަށް އެދޭ ފޯމު ޑައުންލޯޑްކުރުމަށް:
https://aasandha.mv/dv/downloads/job-application-forms
ޚާއްޞަ ސަމާލުކަމަށް:
- އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.
- މި ވަޒީފާއަށް އެދިފައިވާ މީހުންގެ އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
އިތުރު މަޢުލޫމާތު:
- އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.