ކ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ބޭނުންވެއްޖެ

ކޮންޓްރެކްޓް އުސޫލުން މިމަރުކަޒުގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ބޭނުންވެއްޖެ:

2021 ވަނަ އަހަރުގެ ޖަނަވަރީ 01 އިން ޑިސެންބަރު 31 އަށް މިމަރުކަޒުގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ GS-14/IUL/2020/06 (23 ނޮވެމްބަރ 2020) އިޢުލާނަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2020 ޑިސެމްބަރ 20 ވާ އާދިއްތަ ދުވަހުގެ 10:00 އަށް މިމަރުކަޒުގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2020 ޑިސެމްބަރ 24 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް (ބިޑް އިވެލުއޭޝަންގައި ޕޮއިންޓް ދިނުމަށް ކަނޑައެޅިފައިވާ މަޢުލޫމާތުތައް އެނގޭނޭގޮތަށް) އަންދާސީހިސާބު ހުށަހެޅުއްވުމަށް ދެންނެވީމެވެ.

29 ރަބީޢުލްއާޚިރާ 1442

14 ޑިސެމްބަރ 2020

14 ޑިސެންބަރު 2020
ހޯދާ