ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެނަކަ އޮފީސް އެޅުމަށް ހަމަޖެހިފައިވާ ބިމުގައިހުރި ރުއްގަހަށް ބަދަލުދިނުމާބެހ

އިޢުލާން

ފެނަކަ އޮފީސް އެޅުމަށް ހަމަޖެހިފައިވާ ބިމުގައިހުރި ރުއްގަހަށް ބަދަލުދިނުމާބެހޭ

ފެނަކަ ކޯޕަރޭޝަންގެ އޮފީސް އިމާރާތް އެޅުމަށް ދޫކޮށްފައިވާ ބިމުގައިހުރި ރުއްގަހަށް ބަދަލު ފައިސާދީ ކަނޑަން ބޭނުންވެއެވެ. މިބިން އޮންނާނީ ކިނބިދޫ މެޖިސްޓްރޭޓް ކޯޓުގެ ހުޅަނގުން ހުނވަދުމާގޭ އުތުރުން ނޫވިލާގެއާ ދެމެދު ބަނދަރު ސަރަޙައްދަށް ކުރިމަތިކޮށެވެ. މިރުއްތަކުގައި ފެހި ކުލައިންނާއި މަޑު މުށިކުލައިގެ ދަވާދުން 01 ން ފެށިގެން 61 އާ ހަމައަށް ނަންބަރ ޖަހާފައި ހުންނާނެއެވެ.

ރުއްގަހުގެ ބަދަލުގައި ދޭންޖެހޭ ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ ކޮވިޑް- 19 ގެ ރައްކާތެރި ކަމުގެ ގޮތުން ރުއްގަހުގެ ވެރިފަރާތުގެ ބޭންކް އެކައުންޓަށް ޓަރާންސްފަރ ކުރާގޮތަށެވެ.

ވީމާ، މިދެންނެވި ބިމުގައި ހުރި ރުއްގަހުގެ ވެރިފަރާތްތަކުން ރުއްގަހުގެ ބަދަލުގައި ދިނުމަށް ހަމަޖެހިފައިވާ ފައިސާ ޖަމާކުރަން ބޭނުންވާ ބޭންކް އެކައުންޓް ނަމްބަރ އާއި އެކައުންޓްގެ ވެރިފަރާތުގެ ނަން އެނގޭނެ އިތުބާރުހިފޭ ލިޔުމަކާއެކު (އެކައުންޓް ނަންބަރ އެނގޭނެ ސްލިޕްކޮޅެއް ނުވަތަ ޗެކް ގެ ފޮޓޯކޮޕީއެއް) ރުކުގައި ޖަހާފައިވާ ނަންބަރު އެނގޭނެގޮތަށް ލިޔުއްވައި 27 ޑިސެމްބަރ 2020 ވާ އާދިއްތަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މިއިދާރާއަށް ސިޓީއަކުން ހުށަހެޅުއްވުމަށް ދެންނެވީމެވެ. މިމުއްދަތުގެ ތެރޭގައި ވެރިފަރާތް ނާންގާ ރުއްގަހަކީ ވެރިން ނެތް ރުއްގަހުގެ ގޮތުގައި ބަލައި އެރުއްގަސް ކަނޑާލެވޭނެއެވެ. އޭގެ ފަހުން ރުއްގަހާބެހޭ ގޮތުން ޝަކުވާ ކުރާފަރާތް ތަކަށް ފައިސާ ދޫކުރެވޭނީ ޝަރީޢަތުން ޘާބިތު ކުރައްވައި ޝަރީޢަތް ނިއްމި ގޮތުގެ ރިޕޯޓާއެކު އެރުއްގަހުގެ ފައިސާ ހޯދުމަށް ހުށަހަޅުއްވާ ފަރާތްތަކަށެވެ.

           މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢްލާނުކުރީމެވެ.

           28 ރަބީއުލްއާޙިރު 1442  

           13 ޑިސެމްބަރ   2020      

13 ޑިސެންބަރު 2020
ހޯދާ