ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އެގްޒާމް އިންވިޖިލޭޓަރ

މަޤާމް :އެގްޒާމް އިންވިޖިލޭޓަރ
ބޭނުންވާ އަދަދު :20

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ މިއަހަރުގެ ދެވަނަ ޓަރމްގެ ރީސިޓް އިމްތިޙާނު މާލޭގައި ބޭއްވުމަށް އިންވިޖިލޭޓަރުން ބޭނުންވެއެވެ.

މި އިޢުލާނުގައި އިމްތިޙާނަށް އިންވިޖިލޭޓަރުން ބޭނުންވާ އަދަދު ކަމަށް ކަނޑައަޅާފައިވާ ޢަދަދަކީ މިއަހަރުގެ 2 ވަނަ ޓަރމްގެ ރީސިޓް އިމްތިހާނުގައި ބައިވެރިވާނެކަމަށް ލަފާކުރެވޭ ދަރިވަރުންނާއި އެ ދަރިވަރުންނަށް ބޭނުންވާނެ އިމްތިހާނު ހޯލުތަކަށް ރިޢާޔަތްކޮށްގެން ކަނޑައަޅާފައިވާ ޢަދަދެކެވެ. ނަމަވެސް އިމްތިހާނު ޙައްޤުވާ ދަރިވަރުންގެ ޢަދަދަށް ބަދަލުތަކެއް އަތުވެއްޖެނަމަ، މިހާރު އިންވިޖިލޭޓަރުން ބޭނުންވާ ކަމަށް ކަނޑައަޅާފައިވާ ޢަދަދަށް ބަދަލު އަތުވެދާނެއެވެ.

 

 މަޤާމު:

 އެގްޒާމް އިންވިޖިލޭޓަރ

 ބޭނުންވާ އަދަދު:

 20

 އޮފީސް:

 ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/ އިދާރީ މަރުކަޒު

 އުޖޫރަ ދެވޭނެގޮތް:

 މަސައްކަތްކުރާ ކޮންމެ ސެޝަނަކަށް: -/300 ރުފިޔާ (ތިންސަތޭކަ ރުފިޔާ)

 މަޤާމުގެ ޝަރުތު:

  • ދިވެހި ރައްޔިތަކަށްވުން.
  • ޢުމުރުން 18 އަހަރު ފުރިފައިވުން.
  • އިންވިޖިލޭޓަރުންގެ މަސްއޫލިއްޔަތު އެނގިފައިވުން.
  • މިއިމްތިޙާނުގެ ކެންޑިޑޭޓެއް ކަމުގައި ނުވުން.
  • އިމްތިޙާނުގައި ބައިވެރިވާ ކެންޑިޑޭޓެއްގެ މަންމަ، ބައްޕަ، އަނބިމީހާ/ފިރިމީހާ، ދަރިއެއް، އެއްބަނޑު/އެއްބަފާ މީހެއް، ބަލަދުވެރިއެއް ނުވަތަ ބަލަދުވެރިކަމުގެ ދަށުގައިވާ މީހެއް ކަމުގައި ނުވުން.

 މަތީގައިވާ ޝަރުތުތަކުގެ އިތުރުން، އިންވިޖިލޭޓަރުން ހޮވުމުގައި އިސްކަންދޭނެ ކަންތައްތަކުގެ ތެރޭގައި މަސައްކަތަށް   ވަގުތު ދެވޭނެ މިންވަރާއި، އިމްތިޙާނު އިންވިޖިލޭޓް ކުރުމުގައި ލިބިފައިވާ ތަޖުރިބާއާއި، ލިބިފައިވާ އެންމެ މަތީ ތަޢުލީމީ   ސަނަދު ހިމެނެއެވެ.

 މަސައްކަތް ކުރަންޖެހޭ ގަޑިތައް:

 އިމްތިޙާނު ބޭއްވުމަށް ހަމަޖެހިފައިވަނީ 2021 ވަނަ އަހަރުގެ ޖެނުވަރީ މަހުގެ ތެރޭގައެވެ.

 މަޤާމުގެ މަސްއޫލިއްޔަތު:

 އިމްތިޙާނު އޮންނަ ގަޑިތަކުގައި، އިންވިޖިލޭޓަރެއްގެ ހައިޘިއްޔަތުން އެގްޒާމް ހޯލް ބެލެހެއްޓުމާއި، އަދި މިނޫނަސް މިކަމާ   ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންތައްތައް، މިޔުނިވަރސިޓީއިން އަންގާގޮތެއްގެ މަތިން ކުރުން.

 އެޕްލިކޭޝަން ފޯމް ހުށަހަޅާނެ   ގޮތް:

 މިކަމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅާނީ އޮންލައިންކޮށެވެ. އޮންލައިން އެޕްލިކޭޝަން   ތިރީގައިވާ ލިންކުން ލިބޭނެއެވެ.

https://forms.gle/M6vy2RWy5hPKcfGt5

 އެޕްލިކޭޝަންގެ ސުންގަޑި:

 16 ޑިސެންބަރު 2020 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން.

 ހުށަހަޅަންޖެހޭ އެހެނިހެން   ލިޔުންތައް:

 އެޕްލިކޭޝަން ފޯމާއެކު އިތުރު ލިޔުމެއް ހުށަހަޅާކަށް ނުޖެހޭނެއެވެ. ނަމަވެސް އިންވިޖިލޭޓަރަކަށް ހޮވިއްޖެނަމަ،   އެފަރާތްތަކުން ތިރީގައިވާ ތަކެތި ހުށަހަޅަން ޖެހޭނެ ވާހަކަ ދަންނަވަމެވެ.

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ލިބިފައިވާ އެންމެމަތީ ތަޢުލީމީ ސެޓްފިކެޓްގެ އެޓެސްޓް ކުރެވިފައިވާ ކޮޕީ.

 އިތުރު މަޢުލޫމާތު:

 އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345162 އަށެވެ.

 

ނޯޓް:

މިއިޢުލާނަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ނަންބަރު: MNU-CA-EX-2020-1 ބާތިލް ކުރުމަށްފަހު ކުރެވޭ އިޢުލާނެކެވެ. ކުރީގެ ނަންބަރު: MNU-CA-EX-2020-1 އިޢުލާނާ ގުޅިގެން ފޯމް ހުށަހަޅާފައިވާ ފަރާތްތަކުން މި އިއުލާނުގައިވާ މަގާމަށް ޝައުގުވެރިވެލައްވާނަމަ އަލުން ފޯމް ހުށަހެޅުއްވުން އެދެމެވެ.

13 ޑިސެންބަރު 2020
ހޯދާ