ކަނޑުހުޅުދޫ ސްކޫލް
ދިވެހިރާއްޖެ
ސެކިއުރިޓީ ބެލެހެއްޓުން

އިޢުލާން

  ގއ.ކަނޑުހުދޫ ސުކޫލްގައި  ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެ

 

      01 ޖަނަވަރީ 2021 އިން 31 ޑިސެންބަރ 2021 ގެ ނިޔަލަށް މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

      މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ގއ. ކަނޑުހުޅުދޫ ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު މިސުކޫލަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

އަދި މިކަމަށް އެދި ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

 

      މަޢުލޫމާތު ސާފުކުރުން:             20 ޑިސެންބަރ 2020 ވާ އާދިއްތަ     ދުވަހުގެ 10:00

      އަންދާސީ ހިސާބު ހުށަހެޅުން:         24 ޑިސެންބަރ 2020 ވާ ބުރާސްފަތި   ދުވަހުގެ 10:00              

      އަދި ދަންނަވަމެވެ. ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން 14:00 އަށް 7983078 ނަންބަރު ފޯނާއެވެ.

      ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

      13 ޑިސެންބަރ 2020                                                    

13 ޑިސެންބަރު 2020
ހޯދާ