ދިވެހިރާއްޖެ
އިޢުލާނު
މޯލްޑިވްސް މީޑިއާ ކައުންސިލްގެ އިދާރާގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލުން
މޯލްޑިވްސް މީޑިއާ ކައުންސިލްގެ އިދާރާ އަށް ސެކްރެޓަރީ ޖެނެރަލްއަކު ހަމަޖެއްސުމަށްޓަކައި، އެ މަޤާމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ.
ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތާއި ޒިންމާ އަދި ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ޝަރުޠާއި، ޝޯޓްލިސްޓް ކުރުމާއި، މަޤާމަށް މީހަކު ހޮވުމާއި އައްޔަން ކުރުމުގެ ކްރައިޓީރިއާ މި އިޢުލާނާއެކީ ހިމަނާފައިވާނެއެވެ.
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުނަމަ، ކޮމިޝަނުގެ ފޯނު ނަންބަރު 3307313 އާ ގުޅުއްވުން އެދެމެވެ.
މަޤާމުގެ އަސާސީ ޝަރުޠު
1. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު؛ ސަރުކާރުގައި، ނުވަތަ ޕަބްލިކް، ޕްރައިވެޓް ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގެ ހިންގުމުގެ ދާއިރާގައި މަދުވެގެން 6 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.ނުވަތަ
2. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު؛ ސަރުކާރުގައި، ނުވަތަ ޕަބްލިކް، ޕްރައިވެޓް ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގެ ހިންގުމުގެ ދާއިރާގައި މަދުވެގެން 4 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.
މުސާރައާއި އިނާޔަތްތައް
މި މަޤާމުގެ އަސާސީ މުސާރައަކީ މަހަކު 20،500.00 (ވިހިހާސް ފަސްސަތޭކަ) ދިވެހި ރުފިޔާއެވެ. އަދި ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު 15،000.00 (ފަނަރަހާސް) ދިވެހި ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ.
- ކައުންސިލްގެ އިދާރީ އެންމެ އިސްވެރިޔާ އަދި ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ ދަށުން އެ އިދާރާއަށް ކަނޑައަޅާފައިވާ ޒިންމާދާރު އިސްވެރިޔާގެ ހައިސިއްޔަތުން މޯލްޑިވްސް މީޑިއާ ކައުންސިލްގެ މަޤްސަދުތައް ހާސިލްކުރުމަށްޓަކައި ކައުންސިލްގެ ޤާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިވާ ކައުންސިލްގެ މަސައްކަތްތަކާއި އިންތިހާބު ކުރެވިފައިވާ ކައުންސިލްގެ ނިންމުންތަކާއި ސިޔާސަތުތަކާ އެއްގޮތަށް ކައުންސިލްގެ އިދާރާ ހިންގުން.
- ކައުންސިލްގެ މަސައްކަތްތައް ޕްރޮފެޝަނަލްކޮށް ހިންގުމަށްޓަކައި ބޭނުންވާ އިދާރީ އޮނިގަނޑު (ބޭނުންވާ މުވައްޒަފުންގެ އަދަދާއި ފެންވަރު އެނގޭ ގޮތަށް) އެކުލަވާލުން.
- ކައުންސިލްގެ އިދާރާގެ މުވައްޒަފުން މަސައްކަތްކުރުމުގައި ވަޒީފާއާއި ކައުންސިލްގެ މަސައްކަތާ ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކަށް އަމަލުކުރާކަން ކަށަވަރުކުރުމާއި އެ ކަންކަމުގައި މުވައްޒަފުން އަހުލުވެރިކުރުވުން.
- މުވައްޒަފުންގެ ހައްޤުތައް ހިމާޔަތްކޮށްދިނުމާއި، ޕަރފޯމަންސް ވަޒަންކުރެވޭނެ ނިޒާމު ޤާއިމްކޮށް ތަންފީޒުކުރުމާއި މުވައްޒަފުންގެ މެދުގައި ޖެހޭ މައްސަލަތައް ޙައްލުކުރުމާއި، އެ ކަންކަމަށް އިންސާފު ޤާއިމުކުރުން.
- ކައުންސިލްގެ އިދާރާގެ މަސައްކަތަށް ބޭނުންވާނެ ކަންކަމުގައި މުވައްޒަފުންނަށް ބޭނުންވާ ތަމްރީން ފުރުޞަތުތައް ހޯދައިދިނުމަށް މަސައްކަތްކުރުން.
- ކައުންސިލްގެ އިދާރާގެ މުދަލާއި ފައިސާ އަދި އެނޫން ވަސީލަތްތައް ބޭނުންކުރެވެނީ ޤާނޫނާއި ގަވާއިދާ އެއްގޮތަށް އަދި ހެޔޮ ގޮތުގައިތޯ ބެލުމާއި ފައިސާއާބެހޭ އެންމެހައި މުޢާމަލާތްތައް ހިނގަމުންދަނީ ޤާނޫނާއި ގަވާއިދާއި ކަނޑައެޅިފައިވާ އުޞޫލުތަކާ އެއްގޮތަށްތޯ ބެލުން.
- މޯލްޑިވްސް މީޑިއާ ކައުންސިލް ތަމްސީލުކުރަންޖެހޭ އެކިއެކި ޖަލްސާތަކާއި ސެމިނަރ ވަރކްޝޮޕް ފަދަ ކަންކަމުގައި ބައިވެރިވެ ކައުންސިލުގެ ފަރާތުން ޖަވާބުދާރީވުމާއި ކައުންސިލްގެ މަސައްކަތް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ތަޢާރަފުކޮށް އެރުވުން.
- ކައުންސިލްގެ އިދާރާއަށް ހުށަހެޅޭ މައްސަލަތައް ބެލުމުގެ ނިޒާމު އެކުލަވާލައި އެ މައްސަލަތައް ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން ބެލުމުގެ އިންތިޒާމު ހަމަޖެއްސުން.
- ދިވެހި މީޑިޔާގެ ހަމަތަކާއި އަޚްލާޤީ މިންގަނޑަށް މީޑިޔާތަކުން ޢަމަލުކުރާކަން ކަށަވަރުކުރުމާއި އޭގެ އިތުރުން ހަދަންޖެހޭ މީޑިއާގެ ހަމަތަކާއި އުޞޫލުތައް އެކުލަވާލައި ކައުންސިލްގެ ސަމާލުކަމަށް ގެނައުން.
- މީޑިއާގެ މިނިވަންކަމާއި މަޢްލޫމާތު ހޯދުމުގެ ހައްޤަށް ހުރަސްއެޅޭ ފަދަ ކަންތައް ބަލައި ދިރާސާކޮށް އެޅެން ހުރި ފިޔަވަޅު އެޅުމާއި އެ ފަދަ ގޮތަކަށް ހެދިފައިވާ ޤާނޫނާއި ޤަވާއިދު އަދި އުޞޫލުތައް ދެނެގަނެ އެޅެންހުރި ފިޔަވަޅުތައް ކައުންސިލްގެ ސަމާލުކަމަށް ގެނެސް ކައުންސިލްގެ އިރުޝާދާއެކު އެ ކަންތައް އިސްލާޙްކުރުމަށް މަސައްކަތްކުރުން.
- މޯލްޑިވްސް މީޑިއާ ކައުންސިލްގެ ޖަލްސާތަކުގެ އިންތިޒާމު ހަމަޖެއްސުމާއި ޖަލްސާތަކުން ނިންމާ ކަންކަން ތަންފީޒު ކުރުން.
- މޯލްޑިވްސް މީޑީއާ ކައުންސިލްގެ މެންޑޭޓްގައި ހިމެނޭ ކަންކަމުގެ ތެރެއިން އެ ވަގުތު ކައުންސިލްގެ ރިޔާސަތުން ނުވަތަ ކައުންސިލްގެ ކޮމިޓީއަކުން ކުރަން ހަވާލުކުރާ ކަންތައް ކުރުން.
- މޯލްޑިވްސް މީޑީއާ ކައުންސިލްގެ ޤާނޫނުގެ 33 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކުރާ ކައުންސިލްގެ ހަރަކާތްތަކުގެ މައްޗަށް އެކުލަވައިލެވޭ އަހަރީ ރިޕޯޓެއް ތައްޔާރުކޮށް، ކޮންމެ އަހަރެއްގެ ފެބުރުވަރީ 28 ގެ ކުރިން ޝާއިޢުކުރުން.
- ކައުންސިލްގެ އާމްދަނީއާއި ޚަރަދާއި މިލްކިއްޔާތާއި މާލީ ޒިންމާތަކާބެހޭ ހިސާބު ކައުންސިލްގެ ޤާނޫނުގެ 31 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަދައިން އޮޑިޓް ކުރުމަށްފަހު، އެކުލަވާލެވޭ މާލީ ބަޔާނެއް ތައްޔާރުކުރުން.
ކުރިމަތިލުމުގެ މުއްދަތާއި ކުރިމަތިލާނެ ގޮތް
ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލައްވަން އެދިވަޑައިގަންނަވާ ބޭފުޅުން، ތިރީގައި މިވާ ލިޔުންތައް 20 ޑިސެންބަރު 2020 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 14:00 ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތީގެ ތެރެއިން ނަންބަރު (7) އަދި (8) ގައި ބަޔާންކޮށްފައިވާ ލިޔުންތައް ސުންގަޑި ހަމަވުމުގެ ފަހުން ބަލައި ނުގަނެވޭނެއެވެ. އަދި ސުންގަޑި ހަމަވުމުގެ ފަހުން ހުށަހެޅޭ އެއްވެސް އައު އެޕްލިކޭޝަނެއް ބަލައި ނުގަނެވޭއެވެ.
ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި
- ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު (މި ފޯމު ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓުން http://www.csc.gov.mv/dv/downloads/14870 ޑައުންލޯޑު ކުރެވޭނެއެވެ).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސްގެ ކޮޕީ.
- ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).
- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފެއްނަމަ، ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ހޮވިއްޖެ ނަމަ، ވަޒީފާއިން ދޫކުރުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ އިޤްރާރު (މި އިޤްރާރު އިޢުލާނާއެކު ހިމެނިފައިވާނެއެވެ.)
- ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލާ އިދާރާއެއްގައި، އެ މަޤާމަށް ކުރިމަތިލާ ފަރާތުގެ މަންމަ، ބައްޕަ، ދަރިއެއް، އަންބެއް، ފިރިއަކު، އެއްބަނޑު އެއްބަފާ މީހެއް، އެއްބަނޑު މީހެއް، ނުވަތަ އެއްބަފާ މީހެއް ނެތްކަން އަންގައިދޭ ލިޔުން. ނުވަތަ ބުނެވިދިޔަ މީހުންކުރެ މީހަކު އެ ކުރިމަތިލާ އޮފީހުގައި ހުރެ، ކުރިމަތިލާ މީހާ ހޮވިއްޖެނަމަ، އެ ހުރި މީހަކު ވަޒީފާ ބަދަލުކުރުމަށް ނުވަތަ އިސްތިއުފާ ދިނުމަށް އެއްބަސްވާކަމުގެ ލިޔުން.
- ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
(ހ) |
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ، ސެޓްފިކެޓް ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ. |
(ށ) |
މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. |
8. ހިންގުމުގެ ތަޖުރިބާ ހާމަކޮށްދިނުމުގެ ގޮތުން ހުށަހަޅާ ތަޖުރިބާގެ ލިޔުންތައް (މީގެ ތެރޭގައި އިދާރާއިން ދޫކުރާ ތަޖުރިބާގެ ލިޔުންތަކާއި، އުވައިލައިފައިވާ ތަންތަނުގެ ނަމަ ރެފަރެންސް ޗެކް ފޯމާއި، ވަގުތީ ގޮތުން ހިންގުމާ ޙަވާލުވެ ހުންނަ މުއްދަތުތައް އަންގައިދޭ ލިޔުންތައް ހިމެނެއެވެ. އަދި ތަޖުރިބާގެ ލިޔުމެއް އިދާރާއަކުން ތައްޔާރުކުރެވިދާނެ ގޮތުގެ ނަމޫނާއެއް ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ އުޞޫލު ގެ ޖަދުވަލު 5 ގައި ހިމަނާފައިވާނެއެވެ.)
(ހ) |
ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތުތައް (އަހަރާއި މަހާއި ދުވަސް އެނގޭ ގޮތަށް) އަދި މަސްއޫލިއްޔަތު (އެއް އިދާރާއެއްގައި ތަފާތު ވަޒީފާތަކުގައި މަސައްކަތްކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. |
(ށ) |
އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާތަކާއި، ވަޒީފާ އަދާކުރި މުއްދަތުތަކާއި (އަހަރާއި މަހާއި ދުވަސް އެނގޭ ގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގައި ތަފާތު ވަޒީފާތަކުގައި މަސައްކަތްކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. |
(ނ) |
ޤައުމީ ނުވަތަ ބައިނަލް އަޤުވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާތަކާއި، ވަޒީފާ އަދާކުރި މުއްދަތުތަކާއި (އަހަރާއި މަހާއި ދުވަސް އެނގޭ ގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގައި ތަފާތު ވަޒީފާތަކުގައި މަސައްކަތްކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ޖަމްޢިއްޔާ/ޖަމާޢަތަކުން ދޫކޮށްފައިވާ ލިޔުން. (ޤައުމީ ނުވަތަ ބައިނަލް އަޤުވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި އަދާކޮށްފައިވާ ވަޒީފާއަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ތަޖުރިބާގެ ލިޔުމުގައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) |
(ރ) |
އުވައިލައިފައިވާ ދައުލަތުގެ އިދާރާތަކާއި، އަމިއްލަ ކުންފުނިތަކާއި އަމިއްލަ އިދާރާތަކާއި، ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތުގެ ތަޖުރިބާ ހާމަކޮށްދޭ ލިޔުމެއް އެ އިދާރާއެއް އުވައިލައިފައިވުމުގެ ސަބަބުން އެޕްލިކެންޓަށް ލިބެންނެތްނަމަ، ނުވަތަ އެ ފަދަ ތަނަކުން ކުރިން ދޫކޮށްފައިވާ ލިޔުމުގައި ފުރިހަމަވާންޖެހޭ މަޢުލޫމާތު ފުރިހަމަނުވާ ނަމަ، ތަޖުރިބާ ހާމަކޮށްދޭ އެ ތަނެއްގެ ލިޔުމުގެ ބަދަލުގައި ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ އުޞޫލުގެ ޖަދުވަލު 6 ގައިވާ "ރެފަރެންސް ޗެކް ފޯމް" ހުށަހެޅިދާނެއެވެ. |
އިމްތިޙާނުކުރުމާއި، އިންޓަރވިއު އާއި ޕްރެޒެންޓޭޝަން ހުށަހެޅުން
ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލާ، މަޤާމުގެ ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަރވިއު އާއި ޕްރެޒެންޓޭޝަން ހުށަހެޅުން އަދި އިމްތިޙާނު ކުރުން، 23 ޑިސެންބަރު 2020 އިން 5 ޖަނަވަރީ 2021 އާ ދެމެދު މާލޭގައި އޮންނާނެއެވެ.
ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި ޕްރެޒެންޓޭޝަން ހުށަހެޅުމަށާއި އިންޓަރވިއުއަށް އަދި އިމްތިޙާނަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުމަށް ވެސް ދަންނަވަމެވެ.
ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނުގޮތުގެ ޝީޓު ޢާންމުކުރުން
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 (ތިނެއް) ދުވަހުގެ ތެރޭގައި "ވަޒީފާއަށް އެންމެ ގާބިލް ފަރާތް ހޮވުމަށް ޕޮއިންޓު ދެވުނު ގޮތުގެ ޝީޓް" އާންމުކޮށް ފެންނާނެހެން މި ކޮމިޝަނުގެ ވެބްސައިޓްގައި ޝާޢިއު ކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތް ނަމަ، އެ ޝީޓް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 (ތިނެއް) ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހަޅަންވާނެއެވެ. ޝަކުވާ ހުށަހަޅާނީ ސިޓީ މެދުވެރިކޮށް ނުވަތަ ކޮމިޝަނުގެ [email protected] އީ-މެއިލް އަށެވެ.