މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ޕްރޮކިއުމަންޓް އޮފް ފަރުނީޗަރު އަދި ފިކްސްޗަރ - ކުޅުދުއްފުށި ހާބަރ އެކްސްޕެންޝަން ޕްރޮޖެކްޓް

ސްޕެސިފިކް ޕްރޮކިއުމަންޓް ނޯޓީސް

ޕްރޮކިއުމަންޓް އޮފް ފަރުނީޗަރު އަދި ފިކްސްޗަރ

ކުޅުދުއްފުށި ހާބަރ އެކްސްޕެންޝަން ޕްރޮޖެކްޓް

Grant No.:G0489  

1. މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ (އޭ.ޑީ.ބީ) ހިލޭ ހެހީގެ ދަށުން ކުރިއަށް ގެންދާ ހދ.ކުޅުދުއްފުށި ހާބަރ އެކްޕޭންޝަން ޕްރޮޖެކްޓް މަޝްރޫޢުގެ ދަށުން ފެރީ ޓާމިނަލްއަށް ހޯދުމަށް ބޭނުންވާ "ފަރުނީޗަރު އަދި ފިކްސްޗަރ" ގަތުމަށްވަނީ ހަމަޖެހިފައެވެ.   

2. މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ރިކުއެސްޓް ފޮރ ކޯޓޭޝަން އާއި އެއްގޮތަށް ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރއިން މިކަމަށް ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިތަކެތި ގަނެ، ފޯރުކޮށްދީ އަދި ހަރުކުރުމަށް ކޮންޓްރެކްޓް ގައި ސޮއި ކުރާތާ ގިނަވެގެން 45 ދުވަހުގެ ތެރޭގައި ސަޕްލައިކޮށް އަދި ހަރުކޮށް ނިންމަންވާނެއެވެ.  

މިމަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އޭ.ޑީ.ބީގެ ޕްރޮކިއުމަންޓް އުސޫލުތަކުގެމަތިން،ޝޮޕިންގެ އުޞޫލާއި އެއްގޮތަށެވެ. 

3. ޕްރޮޖެކްޓާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓް https://planning.gov.mv/adb ގައި ޝާޢިއު ކޮށްފައިވާނެއެވެ.  

4. މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ ރިކުއެސްޓް ފޮރ ކޯޓޭޝަން (އާރު.އެފް.ކިއު) މި މިނިސްޓްރީގެ ވެބްސައިޓް www.planning.gov.mv ގައި ޝާޢިއު ކޮށްފައިވާނެއެވެ. އަދި މިމަސައްކަތާއި ބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ. 

5. ކޯޓޭޝަން ހުށަހަޅާނެ އެންމެ ފަހުގެ ތާރީޚަކީ  21 ޑިސެންބަރ 2020  ވާ އަންގާރަ  ދުވަހުގެ 11:00 އެވެ. ކޯޓޭޝަން ހުށަހަޅާނީ ތިރީގައި ދެންނެވިފައިވާ އީމެއިލްއަށެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ކޯޓޭޝަންތައް ބަލައިނުގަނެ ބާތިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ. 

6. އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ. 

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ

އަމީނީ މަގު، މާފަންނު 

ކ.މާލެ، 20392 

އީމެއިލް: [email protected] 

10 ޑިސެންބަރު 2020
ހޯދާ