ބުރުނީ ސްކޫލް
ދިވެހިރާއްޖެ
އެކްޓިވިޓީ ޔުނިފޯމް ސަޕްލައި ކޮށްދެއްވާނެ ފަރާތްތައް ހޯދުމާއި ގުޅޭ

އިޢުލާން

                                              ނަންބަރު: GS-176/IUL-B/2020/04

 

އެކްޓިވިޓީ ޔުނިފޯމް ސަޕްލައި ކޮށްދެއްވާނެ ފަރާތްތައް ހޯދުމާއި ގުޅޭ

        މިސްކޫލުގެ އިޢުލާން ނަމްބާރ GS-176/IUL-B/2020/03 ދަށުން އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާތީވެ ، އިޢުލާން ބާތިލް ކޮށް އަލުން އިޢުލާން ކުރި ވާހަކަ ދެންނެވީމެވެ.

މިސްކޫލްގެ އެކްޓިވިޓީ ޔުނީފޯމް ސަޕްލައި ކޮށްދޭނެ ފަރާތަކެއް ހޯދަން ބޭނުން ވެއްޖެއެވެ.

  1. އެކްޓިވިޓީ ޔުނީފޯމް ސަޕްލައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2020 ޑިސެމްބާރ 10 އިން 2020 ޑިސެމްބާރ 21 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 14:00 އަށް މިސްކޫލަށް ވަޑައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ނަންނޯޓް ކުރެއްވުން އެދެމެވެ.
  2. މިކަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2020 ޑިސެމްބާރ 20 ވާ އާދިއްތަ ދުވަހުގެ 10:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  3. މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2020 ޑިސެމްބާރ 21 ވާ ހޯމަ ދުވަހުގެ 11:00 ގައި މިސްކޫލްގެ ޖަލްސާކުރާ މާލަމުގައެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރި ނުވާ ފަރާތަކުން ބިޑް ހުށަހެޅުމުގައި ބައިވެރިވެވޭނެ ވާހަކަ ދެންނެވީމެވެ.
  4. ބިޑް ހުޅުވުން އޮންނާނީ 2020 ޑިސެމްބާރ 27 ވާ އާދިއްތަ ދުވަހުގެ 13:00 ގައި މިސްކޫލްގެ ޖަލްސާކުރާ މާލަމުގައެވެ.
  5. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ބުރުނީ ސްކޫލް

ތ.ބުރުނި

ފޯން: 6780551

އީ-މެއިލް: [email protected]

ކޮޕީ އީ-މެއިލް: [email protected]

                                         10 ޑިސެމްބާރ 2020       

10 ޑިސެންބަރު 2020
ހޯދާ