މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ.ކަނޑިތީމުގައި އަލަށް ޤާއިމުކުރާ ކުނިކޮއްޓަށް ދިއުމަށް ހެދޭ މަގުގައިވާ ރުއްގަސް ފާހަގަކުރުމާ ގުޅޭ

އިޢުލާން

ށ.ކަނޑިތީމުގައި އަލަށް ޤާއިމްކުރާ ކުނިކޮށްޓަށް ދިއުމަށް ހެދޭ މަގުގައިވާ ރުއްގަހުގެ ވެރިފަރާތް ހޯދުމަށް ރަށުގެ އިރުމަތީ ފަރާތު ހޭޅިންފެށިގެން އެއްގަމަށް 130 ފޫޓުގެ ސަރަޙައްދުގައިވާ އަމިއްލަ ފަރާތްތަކުގެ ރުއްގަހުގައި ނަންޖެއްސެވުމަށް ކުރެވުނު މިއިދާރާގެ: (IUL)271-ESMS/271/2020/40 ( 25 ސެޕްޓެމަރ 2020) އިޢުލާނާ    (IUL)271-ESMS/271/2020/45  (25 ނޮވެމްބަރ 2020) އިއުލާނަށް  މުއްދަތު ހަމަވެފައިވާއިރު އަދިވެސް ބައެއްފަރާތްތަކުން ރުއްގަހުގައި ނަން ޖައްސަވާފައިނުވާތީ، އިތުރު ފުރުޝަތެއް ދިނުމަށް އަލުން އިޢުލާންކުރީމެވެ.

ވީމާ، ދެންނެވުނު ސަރަހައްދުގައިވާ ރުއްގަހުގެ ވެރިފަރާތްތަކުން 17 ޑިސެމްބަރ 2020 ވަނަ ދުވަހުގެ ނިޔަލަށް ރުއްގަސް ފާހަގަކުރުމަށް ނަން ޖެއްސެވުމަށް ދެންނެވީމެވެ. ދެންނެވިފައިވާ ތާރީޚްގެ ނިޔަލަށް ނަން ނުޖައްސަވާ ރުއްގަހަކީ ވެރިފަރާތް ނުވާ ތަކެތި ކަމުގައި ބަލައި މިތަކެތި ނައްތާލެވޭނެ ވާހަކަ ދަންވަމެވެ.

10 ޑިސެންބަރު 2020
ހޯދާ