މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައުޓްޑޯ ޖިމްގެ މެޝިންތަކުގެ ޕައުންޑޭޝަން އެޅުމާއި އެމެޝިންތައް އިންސްޓޯލްކޮށްދޭނެ ފަރާތެއްހޯދުން

މި ރަށުގައި ބެހެއްޓުމަށް ހަމަޖެހިފައިވާ އައުޓްޑޯ ޖިމްގެ މެޝިންތަކުގެ ޕައުންޑޭޝަން އެޅުމާއި އެމެޝިންތައް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމަށް މިއިދާރާގެ ނަންބަރު (IUL)321/321/2020/156 އިޢުލާނަށް އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅުއްވާފައި ނުވާތީ، އެއިޢުލާނު ބާތިލުކޮށް އަލުން އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާހާއި ކުރެހުންތައް، މިއިޢުލާނާއިއެކު ޢާއްމުކުރެވިފައިވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވެލައްވާނަމަ، 2020 ޑިސެމްބަރު 20 ވަނަ ދުވަހުގެ 13:30 ގެ ނިޔަލަށް، ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 ން މެންދުރުފަހު 13:30 އާއި ދެމެދު، މިއިދާރާއިން މަޢުލޫމާތު ސާފުކުރެއްވޭނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތުގެމަތީން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

#

ތަފްޞީލް

ތާރީޚް

ގަޑި

ތަން

2

އަންދާސީ ހިސާބު ހުށަހެޅުން

22 ޑިސެމްބަރ 2020

10:00

ތުޅާދޫ ކައުންސިލްގެ އިދާރާގެ މީޓިންގ ރޫމް

އަންދާސީ ހިސާބު ހުށައެޅުއްވޭނީ ޤާނޫނު ނަންބަރު: 12014/18 (ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު) ގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، ޤާނުނު ނަންބަރު:2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތަކަށެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑިއަށްވުރެ ލަހުން ދުރުވާ ބޭފުޅުންނަށް ފުރުޞަތު ނުދެވޭނެ ވާހަކަދެންނެވީމެވެ.އަދި އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރަ ބޭރުގައި "އައުޓްޑޯ ޖިމްގެ މެޝިންތަކުގެ ޕައުންޑޭޝަން އެޅުމާއި އެމެޝިންތައް އިންސްޓޯލްކޮށްދިނުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާއިރު، ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅަންވާނެއެވެ. އަދި ދަންނަވަމެވެ. ކަނޑައެޅިފައިވާ ގަޑީގެފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބުތަކާއި އީ.މެއިލްއާއި ފެކްސް ގެ ޛަރީއާއިން ފޮނުއްވާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

10 ޑިސެންބަރު 2020
ހޯދާ