މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ޑްރައިވަރ

މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހުން ހޯދަން ބޭނުންވެއެވެ.

މަޤާމު:

ދޯނި ޑްރައިވަރ

ބޭނުންވާ ޢަދަދު

 1

ވަޒީފާގެ ބާވަތް

 ކޮންޓްރެކްޓް ، 1 އަހަރު ދުވަހުގު މުއްދަތަށް

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ކަނޑުއޮތްގިރި ފިޝްވިލެޖް

އަސާސީ މުސާރަ:

3700.00 ރުފިޔާ

އިތުރު ޢިނާޔަތްތައް:

ސާރވިސް އެލަވަންސް: އަސާސީ މުސާރައިގެ %75

ހާޑްޝިޕް އެލަވަންސް: އަސާސީ މުސާރައިގެ %50

ކެއުމާއި ހުރުން ކަނޑުއޮތްގިރީގައި ހަމަޖެހޭނެ

އިތުރު ގަޑީގައި ނުވަތަ ބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ޝަރުޠު:

  1. ނިޔަމި ކަމުގެސެޓެފިކެޓް ނުވަތަ ކަނޑު އުޅަނދު ފަހަރު ދުއްވުމުގެ ލައިސަންސް ކެޓަގަރީ D އޮތުން.
  2. ގްރޭޑް 7 ނިންމާފައިވުމާއި އެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

  1. ހަމަޖެހިފައިވާ ޑިއުޓީ ގަޑިތަކަށް މުވައްޒަފުން މާލެއާއި ކަނޑުއޮތްގިރިއަށް އުފުލުމާއި ، އެއަރޕޯރޓް،މާލެ އަދި އެހެނިހެން ތަންތަނަށް ކުރަންޖެހޭ  ދަތުރުތައް ކުރުން.
  2. ދަތުރު ފެށުމުގެ ކުރިން އިންޖީން ތެލާއި، ފެން ހަމަޔަށް ހުރިތޯ ބަލައި ޗެކްކުރުމާއި، އޮޕަރޭޝަނަލް ޗެކްލިސްޓްގައިވާ ކަންކަން  ދުވަހުން ދުވަހަށް ބެލުމާއި، މައްސަލައެއް ދިމާވެއްޖެ ނަމަ އެކަން ސެކްޝަން ހަވާލުވެ ހުންނަވާ މީހަކަށް ވަގުތުން އެންގުން.
  3. ކޮންމެ ދަތުރެއް ފެށުމުގެކުރިން ހުރިހާ ގޮނޑިތައް  ފޮހެ ސާފުކޮށްފައިވޭތޯ ބެލުން.
  4. އުޅަނދުފަހަރު ކަނޑުމަތީގައި އާއި ބަނދަރުގައި އޮންނައިރު ރަގަޅަށް ބެލެހެއްޓުން
  5. އުޅަނދުފަހަރުގައި މަރާމާތުގެ ގޮތުން ދިމާވާ ހުރިހާ މަސައްކަތެއްގައި އަމަލީގޮތުން ބައިވެރިވެ  އެމަސައްކަތްކުރުން.
  6. ދޯނި ދަތުރުގައި އުޅޭއިރު ބުރަފަތީގައި އެއްޗެއް އޮޅިގެން ނުވަތަ އެނޫން ސަބަބަކާހެދިވެސް މޫދަށް އެރެންޖެހޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ މޫދަށް ފައިބާ އެކަމެއް ހައްލުކުރުން.
  7. ދޯނީގައި ހުންނަ ލައިފް ޖެކެޓާއި އަދި އެހެން އެނޫންވެސް އެހެން ސާމާނު މަހަކު އެއްފަހަރު ފޮހެސާފުކޮށް ބެލެހެއްޓުން.
  8. ދޯނީގެ އިންޖީނާއި އިންޖީނު ރޫމް ކޮންމެ ހަފްތާއަކު އެއްފަހަރު ދޮވެ ސާފުކުރުން.
  9. ދޯނީގެ އިންޖީން އަޑީތެލާއި ފިލްޓަރ ބަދަލުކުރަން ހަޖެހިފައިވަ ގަޑި ޖެހުމުން އަޑިތެލާއި، ފިލްޓަރ ބަދަލުކޮށް ބެލެހެއްޓުން.
  10. ކޮންމެ މަހަކު އެއްފަހަރު ދޯނީގެ އެތެރެއާއު ބޭރު ދޮވެ ސާފުކޮށް ބެލެހެއްޓުން.
  11. ހެޑް އޮފީހުން ކަނޑުއޮތްގިރި އަށް ފޮނުވާ މުދާ މާލެއިން ގެންދިއުމާއި، އަދި އެމުދާތަކާއި ޙަވާލުވުމަށްފަހު ދޯނި ފަޅުވެރިންލައްވާ މުދާ ދޯންޏަށް އަރުވާ ބޭލުމުގެ އިތުރުން ހަމަޖެހިފައި އޮންނަ އުޞޫލުގެ ތެރެއިން މުދާ ސްޓޯރާއި، ނުވަތަ އޮފީހާއި ޙަވާލުކުރުން. އަދި ލިޔެކިޔުންތައް އޮފީހާއި ހަވާލުކުރުން.
  12. މަތީގައިވާ މަސައްކަތްތަކުގެ އިތުރުންވެސް، ދިވެހިރާއްޖޭގެ ވަޒީފާއާބެހޭޤާނޫނާއި އެއްގޮތްވާގޮތުގެ މަތިން އޮފީހުން އަންގާ މަސައްކަތްތައްކުރުން.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

 

އިންޓަރވިއުކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތަކާއެވެ. އިންޓަވިއު އޮންނާނީ އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޙުން ފެށިގެން 1 ހަފްތާ ތެރޭގައި މިފްކޯ ހެޑްއޮފީހުގައެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

ހ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ  ސާފް ކޮޕީ ދެފުށް ފެންނާނޭހެން.

ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ރ- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.

ބ- ޕޮލިސްރިޕޯޓް (ވަޒީފާއަށް ހޮވުނުކަން އެންގުމުން).

ތަކެތި ހުށަހަޅަންޖެހެޭ އޮފީސް:

-          ވަޒީފާއަށް އެދި ހުށަހަޅުއްވާނީ މިފްކޯ ހެޑްއޮފީސް ރިސެޕްޝަން އަށް ނުވަތަ

އީމެއިލް ކުރައްވާނީ  [email protected] އަށެވެ.

-          ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑިއަކީ 17 ޑިސެންބަރު 2020 ވަނަ ދުވަހުގެ މެންދުރު 12:00 އެވެ.

-         މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ.

 

ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. އަދި މިމަޤާމަށް ހޮވޭ ފަރާތަށް މަސައްކަތާއި ގުޅުންހުރި މަޢުލޫމާތާއި ޓްރެއިނިންގ އަދި  އޮރިއެންޓޭޝަން ދިނުން އޮންނާނީ ކަނޑުއޮތްގިރި ފިޝްވިލެޖްގައެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3323932 ފޯނަށް ގުޅުއްވުން އެދެމެވެ.

                                10 ޑިސެންބަރު 2020  

10 ޑިސެންބަރު 2020
ހޯދާ