މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓުބޯޅަ ދަނޑުގެ ސަބްބޭސް އަށް ގެއްލުން ލިބެމުން ދިއުން

 

 

 

 

އެންގުން

 

މާކުރަތު ރަސްމީ ފުޓުބޯޅަ ދަނޑުގެ ސަބްބޭސް މަތީ ސައިކަލާއި، ބައިސްކަލް ފަދަތަކެތި ދުއްވަމުން ގެންދާތީ، ސަބްބޭސް އަށް ގެއްލުން ލިބެމުންދާ ވާހަކަ ދެންނެވީމެވެ. މިހެންކަމުން ފުޓުބޯޅަ ދަނޑުގެ ގޯތިތެރެއަށް ބައިސްކަލާއި ސައިކަލް އަދި މިނޫން ދުއްވާ ތަކެތި ވައްދައި ސަބްބޭސް މަތީ ދުއްވާ ނުހެދުމަށް ދަންނަވަމެވެ. އަދި ކަސްރަތަށް ހިނގާމީހުންނާއި ދުވާ މީހުންވެސް ސަބްބޭސް މަތީ ދުވެ ނުހެދުމަށް ދަންނަވަމެވެ.

ވީމާ، މިކަން އާންމުކޮށް އެންގީމެވެ.

24 ރަބީޢުލް އާޚިރް 1442

09 ޑިސެންބަރު 2020
ހޯދާ