ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް:

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު:

J-322858

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

 ސީނިއަރ އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)، ކ. މާލެ

ސެކްޝަން/ޔުނިޓް:

މެޑިކަލް ވެލްފެއަރ ޔުނިޓް

މުސާރަ:

މަހަކު -/5610 ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު -/2000 ރުފިޔާ

 

އެހެނިހެން އެލަވަންސް:

 

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  4. މުސާރައާއި ސަރވިސް އެލަވަންސްގެ އިތުރުން އެހެންވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %35
  5. ރިސްކު އެލަވަންސްގެ ގޮތުގައި ވަޒީފާއަށް ނުކުންނަ ކޮންމެ ރަސްމީ ދުވަހަކަށް -/50 ރުފިޔާ
  6. ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި -/700 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

  1. ބޭސްފަރުވާގެ އެހީއަށް އެދި އެޖެންސީއަށް ހުށަހަޅާ ފޯމު، ސިޓީ، އިތުރު ލިޔެކިޔުންތަކަށް ހަމަޖެހިފައިވާ އުޞޫލުގެ ދަށުން ވެލްފެއަރ ކޮމިޓީއަށް ހުށަހަޅުމުގެ މަސައްކަތް ކުރުން. ވެލްފެއަރ ކޭސް އެންޓްރީ ލިބުމުން ބޭނުންވާ ހުރިހާ ލޔެކިޔުންތަކެއް ހަމަތޯ ބެލުމަށްފަހު، ބޭސް ހޯދުމަށް އެދި ހުށައަޅައި ފޯމު ފިޔަވައި އާސަންދަ ޗެކް ކުރަންޖެހޭ ކޭސްތައް އާސަންދަ ޗެކް ލިސްޓަށް އެޅުން އަދި ރޫޓީން ފޯމް ފުރާ ފޯމް ހުށަހަޅާފައިވާ ފަރާތަށް ގުޅާއިގެން އިތުރު މަޢުލޫމާތު ބޭނުންވާ ނަމަ އެމައުލޫމާތެއް ފުރިހަމަ ކުރުމަށްފަހު އީއެންސްޕާއިން ކޮމެންޓް އެޅުން އަދި އެއަށްފަހު އެދުވަހެއްގައި ލީބޭ ކޭސްތައް ކޮމެޓީއަށް ހުށައެޅުން.
  2. ބޭސްފަރުވާގެ އެހީއަށް އެދި އެޖެންސީއަށް ހުށަހަޅާ ފޯމު، ސިޓީ، އިތުރު ލިޔެކިޔުންތަކަށް ހަމަޖެހިފައިވާ އުޞޫލުގެ ދަށުން ވެލްފެއަރ ކޮމިޓީއަށް ހުށަހަޅުމުގެ މަސައްކަތް ކުރުން. މިގޮތުން އެހީ ހަމަނުޖެހޭ ނުވަތަ އިތުރު ލިޔެކިޔުން ބޭނުންވާކަމަށް ކޮމިޓީއިން ނިންމާ ފޯމުތަކުގެ ޖަވާބު އެސް.އެމަ.އެސް ކުރުމާއި ކޭސް ކޮމްޕްލީޓް ކުރުމަށްފަހު ފައިލް ކުރުން.
  3. ރާއްޖެއިން ލިބެން ނުހުންނަ ބޭހަށް އެދި ހުށައަޅާ ފޯމުތައް ޗެކް ކުރުމަށްފަހު 5000ރ އަށް ވުރެން ދަށް ކޯޓޭޝަން ހުށަހަޅާފައިވާ ފަރާތްތަކަށް ގުޅުމަށްފަހު ބޭސް ގަނެފަ ރިސިޓް ހުށަހަޅަން އެންގުން. އަދި އިތުރ ފޯރމްތައް ޗެކްކޮށް ރާއްޖެއިން ލިބެންނެތް ބޭހެއްނަމަ ކޮމިޓީ އަށް ހުށަހެޅުން.
  4. ބޭސްފަރުވާގެ އެހީއަށް އެދި އެޖެންސީއަށް ހުށަހަޅާ ފޯމުތަކުގެ ތެރެއިން  ވެލްފެއަރ ކޮމެޓީ އިން އާސަންދަ މެދުވެރިކޮށް ޓިކެޓް އަދި ހޮސްޕިޓަލްގެ އެހީ ހަމަޖެހިފައިވާ ކޭސްތަކަށް އެހީ ހަމަޖެހިފައިވާ ކޭސްތަކަށް އެސްއެމްއެސް ކުރުމާއި އެހީއަށް އެދުނު ފަރާތަށް ގުޅާ ދަތުރު ކުރައްވާ ރޫޓް އޮޅުންފިލުވުން.
  5. ބޭސްފަރުވާގެ އެހީއަށް އެދި އެޖެންސީއަށް ހުށަހަޅާ ފޯމުތަކުގެ ތެރެއިން ވެލްފެއަރ ކޮމެޓީއިން އާސަންދަ މެދުވެރިކޮށް ޓިކެޓް އަދި ހޮސްޕިޓަލްގެ އެހީ ހަމަޖެހިފައިވާ ކޭސްތަކަށް  ކަވަރ ސިޓީ ލިޔެ، ބޭނުންވާ ލިޔެކިޔުންތައް ސްކޭންކޮށް އާސަންދަ އަށް އީމެއިލް ކުރުން.
  6. ބޭސްފަރުވާގެ އެހީއަށް އެދި އެޖެންސީއަށް ހުށަހަޅާ ފޯމުތަކުގެ ތެރެއިން  ވެލްފެއަރ ކޮމެޓީ އިން އާސަންދަ މެދުވެރިކޮށް ޓިކެޓް އަދި ހޮސްޕިޓަލްގެ އެހީ ހަމަޖެހިފައިވާ ކޭސްތަކަށް އީއެންސްޕާއިން އަޕްޑޭޓްކޮށް ރޫޓީން ފޯމް އަދި ކަވަރ ސިޓީ  އަޕްލޯޑްކޮށް އީއެންސްޕާއިން ކޭސް ކޮމްޕްލީޓްކުރުމާއި ކޭސް ޑީޓެއިލްސް އެކްސްލް އެންޓްރީއަށް އެޅުންމަށްފަހު ކޭސްފައިލްކުރުން
  7. ކޮމެޓީ އިން ފައިސާގެ އެހީ ދިނުމަށް ނިންމާ ކޭސްތަކަށް އެސްއެމްއެސް ކުރުމަށްފަހު ހުށަހަޅާފައިވާ އެކައުންޓް ސްލިޕްއާއި ފޯރމުގައި ލިޔެފައިވާ ނަންބަރު ދިމާވޭތޯ ޗެކުކުރުން. އަދި އައިޑީކާޑް ހަމަތޯބެލުމަށްފަހު އެސްއެމްއެސްގެ ކޮޕީއެއްނަގާ ވެރިއެއްގެ ސޮއި ކުރުމަށްފަހު، ރޫޓީން ފޯރމުގެ ދެވަނަ ގަނޑު ފުރިހަމަކުރުން އަދި އީއެންސްޕާ އަޕްލޯޑް ކޮށް ކޭސް ބަޖެޓަށް އެސައިން ކުރުން.
  8. ރާއްޖޭގެ ސަރުކާރު ހޮސްޕިޓަލަކުން ނުކުރެވޭ އަދި އާސަންދައިގެ ދަށުން ހިދުމަތް ނުލިބޭ ފަރުވާ ތަކުގެ އޮޕަރޭޝަން ޚަރަދު ނުވަތް ބިލް ދެއްކުމަށް އެދި ހުށައަޅާ ފޯމު ހިދުމަތް ލިބެންހުރި ހޮސްޕިޓަލަށް އީމެއިލްކޮށް އޮޕަރޭޝަން ޚަރަދު އަދި ބިލްގެ ތަފްސީލް ހޯދުން. އަދި ސަރުކާރު ހޮސްޕިޓަލަކުން ނުކުރެވޭ ކަމެއްތޯ ކަށަވަރު ކުރުމަށްފަހު ކޮމެޓީއަށް ހުށަހެޅުން.
  9. ރާއްޖޭގެ ސަރުކާރު ހޮސްޕިޓަލަކުން ނުކުރެވޭ އަދި އާސަންދައިގެ ދަށުން ހިދުމަތް ނުލިބޭ ފަރުވާ ތަކުގެ އޮޕަރޭޝަން ޚަރަދު ނުވަތް ބިލް ދެއްކުމަށް އެދި ހުށައަޅާ ފޯމު ކޮމިޓީއިން ނިމުމުން އެސްއެމްއެސްކޮށް ކަވަރ ސިޓީ ލިޔެ ހިދުމަތް ލިބެންހުރި ހޮސްޕިޓަލަށް އީމެއިލްކޮށް ކުރުން. އަދި އީއެންސްޕާއަށް އަޕްލޯޑް ކޮށް ކޭސް ބަޖެޓަށް އެސައިން ކުރުން.
  10. މެޑިކަލް ވެލްފެއަރ ޔުނިޓުން ތައްޔާރު ކުރަންޖެހޭ ރިޕޯޓުތައް ތައްޔާރު ކުރުން. އެގޮތުން ޑެއިލީ ރިޕޯޓް އަދި ޔައުމިއްޔާ ނަގާ ކޮންމެ ދުވަހެއްގެ 9:00 ގެ ކުރިން ބިއުރޯއަށް އީމެއިލްކުރުން. ކޮންމެ ވަގުތެއްގައިވެސް، ވެލްފެއަރ ސްޓެޓިކްސް ނެގޭ ގޮތަށް ޑޭޓާ ޝީޓްތައް ދުވަހުން ދުވަހަށް އަޕްޑޭޓް ކުރެވިފައި ހުރުން.
  11. ވެލްފެއަރ ކޮމިޓީން ނިންމާ ކަންތައްތަކުގެ ސެކްރެޓޭރިއަޓް ބެލެހެއްޓުން. ކޮމިޓީ ޤަވައިދުން ބޭއްވުމުގައި ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން. ކޮމިޓީގެ ހާޒިރީ ބަލަހައްޓައި، ކޮމިޓީ ބާއްވާ ގަޑި މެމްބަރުންނަށް އަންގާ، ކޮމިޓީއަށް ހުށައެޅޭ ކޭސްތަކުގެ ލިސްޓް ތައްޔާރުކޮށް، ކޮމިޓީއާ ގުޅޭ އެންމެހައި ލިޔެކިޔުންތައް ފައިލް ކުރެވި އަޕްޑޭޓް ކުރެވިފައި ހުރުން.
  12. ވެލްފެއަރގެ އެސް.އޯ.ޕީ ގެ ޤަވާއިދުން މަސައްކަތް ރޭވިފައިވާ ގޮތަށް އަންނަ ބަދަލުތަށް އެސް.އޯޕީ އަށް އަޕްޑޭޓް ކުރުން

މަޤާމުގެ ޝަރުޠުތައް:

 

ގުޅޭ ވަޒީފާގެ ދާއިރާތައް

އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓްގެ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

 

އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓް

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު /ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ : ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ. 

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު )އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް ( ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. 

 

 (ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި ، ވަޒީފާގެ މަސްއޫލިއްޔަތުތައް )އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް ( ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރި ގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

(ނ)  ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އުވާލާފައިވާ ތަންތަނުގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު )އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް( ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް ) އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް( ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން އަދި އެ ޖަމްޢިއްޔާ/ޖަމާޢަތަކީ ހިނގަމުންދާ ޖަމްޢިއްޔާ/ޖަމާޢަތެއްކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ލިބިފައިވާ ތަޢުލީމަށް ބަލައިގެން
  2. މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީނަށް ބަލައިގެން
  3. "ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން" ގެ މާރކްސް އަށް ބަލައިގެން
  4. މަގާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ އަށް ބަލައިގެން
  5. އިންޓަވިއު އަދި ޕްރެކްޓިކަލްސް ގެ މާރކސް އަށް ބަލައިގެން
  6. މަގާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ %45 (ސާޅިސް ފަހެއް( އިންސައްތައަށްވުރެ މަތިވުން.

(ކަނޑައަޅާފައިވާ ޤަވާއިދުތަކާއި އުޞޫލުތަކާއި އެއްގޮތަށް މީހަކު ހޮވުމަށް ބަލާނެ ކަންތައްތައް އިދާރާގެ ވެބްސައިޓުން ލިބެން ހުންނާނެ)

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  20 ޑިސެންބަރު 2020  ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (މއ.ދޮންވެލި އިމާރާތް، އަމީނީމަގު) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް[email protected] އަދި ފެކްސް 3003535 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.   އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

 

 

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

 

އިންޓަވިއު އިމްތިޙާނާއި އޮންނާނެ ތަނާއި، މުއްދަތު:

އޮންނާނެ ތަނާއި،މުއްދަތު:         

 

"ވަޒީފާއަށް     ކުރިމަތިލީ

ފަރާތްތަކަށް ޕޮއިންޓް ލިބުނު

ގޮތުގެ ޝީޓް (A2 ފޯމު)"

އާންމުކުރުން

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިހާނާއި ޕްރެޒެންޓޭޝަން އޮންނާނީ، 2020 ޑިސެންބަރު 21 އާއި 2021 ޖަނަވަރީ 20 އާ ދެމެދު، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)،ކ.މާލެ ގައެވެ.

 

 

 

 

 

 

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްމަނަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 1402 އަށެވެ. ފެކްސް ކުރާނެ ނަންބަރަކީ،  3005353  އެވެ. އީ-މެއިލް ކުރާނީ  [email protected] އަށެވެ.

 

09 ޑިސެންބަރު 2020
ހޯދާ