ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

އިޢުލާން ނަމްބަރ:  IUL-D/423/2020/66      

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ

 

ފަރެސްމާތޮޑާ ކުނިކޮށީގައި ކުނިއަންދާ އަށްޓެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެގެން މިއިދާރާއިންކުރި ނަމްބަރ:IUL-D/423/2020/50 އިޢުލާނަށް އެދި ހުށަހެޅި އަންދާސީ ހިސާބުތަކުގެ އަދަދު ކަނޑައަޅާފައިވާ ބަޖެޓްއަށްވުރެން ބޮޑުވާތީވެ އެ އިޢުލާން ބާތިލުކުރުމަށްފަހު އަލުން އިޢުލާނުކުރީމެވެ.

 

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރި ވެލައްވާ، އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކުން 14 ޑިސެމްބަރ 2020 ވާ ދުވަހު 10:30 އަށް ފަރެސްމާތޮޑާ ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 20 ޑިސެމަބަރ 2020  ވާ ދުވަހު 13:00 އަށް ފަރެސްމާތޮޑާ ކައުންސިލް އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން  އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅަން ވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި " ކުނިއަންދާ އަށްޓެއް ހެދުމުގެ މަސައްކަތް "މިހެން ލިޔެފައި އޮންނަން ވާނެއެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފު ކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތަކާއި މިމަސައްކަތާއި ގުޅިގެން ދެވޭ މަޢުލޫމާތު ފޯމުގައިވާ މަޢޫލޫމާތާއި ޚިލާފަށް ހުށަހަޅާ އަންދާސީ ހިސާބުތަކާއި އަދި ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

09 ޑިސެންބަރު 2020
ހޯދާ