މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޤުތީ ބިން ކުއްޔަށް ދޫކުރުމުގައި އަމަލުކުރާނެ ގޮތުގެ އުޞޫލް

ވަގުތީ ބިން ކުއްޔަށް ދޫކުރުމުގައި އަމަލުކުރާނެ ގޮތުގެ އުޞޫލު

ތަޢާރުފާއި ނަން

   1.         

 ހ

މިއީ ޤާނޫނު ނަމްބަރު 2010/7 ( ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 24 ވަނަ މާއްދާގެ ( ފ ) ގެ ދަށުން ބާރުލިބިގެން ވަގުތީ ބިން ކުއްޔަށް ދޫކުރުމުގައި އަމަލުކުރުމަށް މިކައުންސިލުން އެކުލަވާފައިވާ އުޞޫލެކެވެ. އަދި ކައުންސިލުން ރަށުން ވަގުތީ ބިން ކުއްޔަށް ދޫކުރުމުގައި އަމަލުކުރަމުންދާނީ މިއުޞޫލާއި އެއްގޮތްވާގޮތުގެ މަތީންނެވެ.

 

 

ށ

މިއުޞޫލަށް ކިޔާނީ ކަނޑިތީމް " ވަގުތީ ބިން ކުއްޔަށް ދޫކުރުމުގައި އަމަލުކުރާނެ ގޮތުގެ އުޞޫލު " މިހެންނެވެ.

އުޞޫލްހިންގާ ތަންފީޒް ކުރާ ފަރާތް

2

 

މިއުޞޫލު ހިންގާ ތަންފީޒު ކުރުމުގެ އެންމެހާ ކަންކަން ކުރިޔަށް ގެންދާނީ "މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލް އިދާރާ"އިންނެވެ.

މަޤްސަދު

3

 

މިއުޞޫލުގެ މަޤްސަދަކީ ސިނާޢީ މަސައްކަތްކުރުމަށާއި އަމިއްލަ ފަރުދުންގެ ފުއްދުންތެރިކަން އިތުރުކުރުމަށް ރަށުން ވަގުތީ ބިން ކުއްޔަށް ނަގައިގެން މަސައްކަތްކުރުމާއި  ކައުންސިލުން ކަނޑައަޅާވަކި އުޞޫލުތަކާއިއެކު ހުރިހާ ރައްޔިތުންނަށް ހަމަހަމަ ކަމާއެކު ދެ ފުންފެންނަ ނިޒާމެއްގެ ދަށުން ވަގުތި ބިން ބޭނުންވާ ހުރިހާ ފަރާތްތަކަށް  ބިންތައް ކުއްޔަށް ދޫކުރުމެވެ.

ޢަމަލުކުރަންފަށާ ތާރީޙް

4

ހ

މިއުޞޫލަށް އަމަލުކުރަންވާނީ އުޞޫލް މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލް އިން ފާސްކުރާ ދުވަހުން ފެށިގެންނެވެ.

 

ށ

 

މިއުޞޫލަށް އަމަލުކުރަން ފަށާދުވަހުން ފެށިގެން 1 މަސްދުވަހުގެ ތެރޭގައި ވަގުތީ ބިން ކުއްޔަށް ދޫކުރުމަށް އިދާރީގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރަންވާނެއެވެ.

މިއުޞޫލުގެ ދަށުން ވަގުތީ ބިން ދޫކުރުން

5

ހ

މިއުޞޫލުގެ ދަށުން ވަގުތީ ގޮތުން ބިން ދޫކުރެވޭނީ ތިރީގައިމިވާ ކަންކަން ކުރުމަށްށެވެ.

  1. މަސްވެރިކަމުގެ ސިނާއަތުގެ މަސައްކަތްތައް ކުރުމަށް.
  2. ޢިމާރާތްކުރުމުގެ ސިނާޢަތުގެ މަސައްކަތްތައް ކުރުން.
  3. ކާބޯތަކެތީގެ ވިޔަފާރި ހިންގުމަށް.
  4. ޝެޑްހެދުމާއި ބޫތު ހެދުމަށް.
  5. އެކިއެކި މަސައްކަތްތައް ކުރުމަށާއި މަސައްކަތް ހިންގުމަށް.

 

 

ށ

މިއުޞޫލްގެ ދަށުން ދޫކުރާ ވަގުތީ ބިން ދޫކުރަންވަނީ ކައުންސިލްގެ ޖަލްސާއަކުން ނިންމައިގެންނެވެ.

 

ނ

މިއުޞޫލުގެ ދަށުން މަސައްކަތްކުރުމަށް ދޫކުރާނީ ބިމުގެ ބޮޑުމިނަކީ ބޮޑުވެގެން 4000 އަކަފޫޓްގެ ބިމެވެ. ބިން ކުޑަވެގެން ބިން ބޮޑު ކުރުމަށް ހުށަހަޅާ ފަރާތްތަކަށް ކައުންސިލުން ފާސްކުރުމަށްފަހު ބިން އިތުރުކޮށް ދެވިދާނެވެ.

ވަގުތީ ބިން ކުއްޔަށް ދޫކުރާ މުއްދަތާއި ކުލި

6

ހ

މި އުޞޫލުގެ ދަށުން ދޫކުރާ ހުރިހާ ބިންތަކަކީވެސް ކުލި ނަގާގޮތަށް ދޫކުރެވޭ ވަގުތީ ބިންތަކެވެ.

ށ

މި އުޞޫލުގެ ދަށުން ދޫކުރެވޭ ބިންތައް ކުއްޔަށް ދޫކުރުމަށްހެދޭ އެއްބަސްވުމުގައި ސޮއިކޮށް ޢަމަލުކުރަންފަށާދުވަހުން ކައުންސިލަށް ކުލި ދައްކަށްވާނެއެވެ.

ރ

މިއުޞޫލުގެ ދަށުން ވަގުތީ ގޮތުން ދޫކުރެވޭ ވަގުތީ ބިމަށް ކުލި ނަގާނީ ތިރީގައިމިވާ ގޮތަށެވެ،

  1. މަސްވެރިކަމުގެ ސިނާއަތުގެ މަސައްކަތްތައް ކުރުމަށް އަކަފޫޓަކަށް 0.05 ލާރިއެވެ.
  2. ޢިމާރާތްކުރުމުގެ ސިނާޢަތުގެ މަސައްކަތްތައް ކުރުމަށް އަކަފޫޓަކަށް 0.10 ލާރިއެވެ.
  3. ކާބޯތަކެތީގެ ވިޔަފާރި ހިންގުމަށް އަކަފޫޓަކަށް 0.10 ލާރިއެވެ.
  4. ޝެޑްހެދުމާއި ބޫތު ހެދުމަށް އަކަފޫޓަކަށް 0.75 ލާރިއެވެ.
  5. އެކިއެކި މަސައްކަތްތައް ކުރުމަށާއި މަސައްކަތް ހިންގުމަށް އަކަފޫޓަކަށް 0.05 ލާރިއެވެ.

ވަގުތީ ބިން ހޯދުމަށްއެދި ހުށަހަޅާނެ ގޮތް

7

ހ

މި އުޞޫލުގެ ދަށުން ވަގުތީ ބިމަށް އެދި ހުށައަޅާނީ ކައުންސިލުންދޫކުރާ "ވަގުތީ ބިމަށް އެދި ހުށައަޅާ ފޯމް" އިން އެވެ.

ކުއްޔަށް ދޫކުރާ ބިމުގެ ދަފްތަރު ބެލެހެއްޓުން

8

ހ

މި ޢުޞޫލުންގެ ދަށުން ދޫކުރާ ބިމުގެ އަންނަނިވި މަޢުލޫމާތަށް ހިމެނޭގޮތަށް  ބިމުގެ ރަޖިސްޓްރީއެއް އެކުލަވާލައި ލިޔެ ބަލަހައްޓަންވާނެއެވެ.

(ހ) ވަގުތީ ގުދަނުގެ ބިމުގެ ރަޖިސްޓްރީ ކުރާ ފަރާތުގެ ފުރިހަމަ ނާމާއި އެޑްރެސް

 (ނ)  ގުދަން ބިން އޮތް ޝަރަހައްދު

(ރ) ގުދަން ބޭނުންކުރެވޭ ގޮތްތައް

(ބ) ގުދަނުގެ ބޮޑުމިން ( އަކަފޫޓުން)

(ޅ) ގުދަން ރަޖިސްޓްރީ ކުރެވުނު ތާރީޙް

(ކ) ގުދަންބިމުގެ މުއްދަތު ހަމަވާ ތާރީޙް

(އ) ކުލީގެ ގޮތުގައި އަހަރަކު ދައްކަންޖެހޭ ފައިސާގެ މިންވަރު

ކުލި ދެއްކުމާއި ޖުރުމަނާ.

9

ހ

މި އުސޫލުގެ 6 ވަނަ މާއްދާގައި ބަޔާންކުރާ ބިމު ކުލީގެ ފައިސާ  ކޮންމެ މީލާދީ މަހެއްގެ 10 (ދިހައެއް) ވަނަ ދުވަހުގެ ކުރިން ކައުންސިލަށް ދައްކަންވާނެއެވެ.

 

 

ށ

ކުލީގެ ގޮތުގައި ފައިސާ ދެއްކުމަށް ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދައް ކައިފިނަމަ ޖޫރިމަނާގެ ގޮތުގައި އިތުރަށް ހިނގާ ކޮންމެ ދުވަހަކަށް ކުލީގެ ގޮތުގައި ދައްކާފައިސާގެ އިތުރަށް ދުވާލަކަށް -/2ރ (ދެ ރުފިޔާ) ގެ ރޭޓުން ފައިސާ ދައްކަންވާނެއެވެ. މި ގޮތުން ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާއެއް ނުދައްކާތާ 3(ތިނެއް) މަސްދުވަހަށް ވުރެ އިތުރުވާނަމަ އެފަރާތަށް ކުއްޔަށް ދޫކުރެވުނު ބިން ނަގައި އެއްބަސްވުން އުވާލުމުގެ ބާރު މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލް އިދާރާށް ލިބިގެންވެއެވެ.

 

 

ނ

ކުލި ނަގަން ފެށޭނީ މަސައްކަތްކުރުމަށް ދެފަރާތުގެ ދެމެދުގައި ވެވޭ އެއްބަސްވުމުގައި ބާޔާންކުރާ ދުވަހުން ފެށިގެންނެވެ.

ކުރުން މަނާ ކަންތައްތައް

10

 

ކުއްޔަށް ދޫކުރޭ ބިމުގައި އަންނަނިވި ކަންކަން ކުރުމަކީ މަނާ ކަމެވެ.

(1)  ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި އިސްލާމްދީން ހުއްދަ ނުކުރާ އެއްވެސް ކަމެއް މި ބިމުގައި ހިންގުން ނުވަތަ ކުރުން.

(2) ކުއްޔަށްހިފާ ބިން ކުއްޔަށް ހިފާ ބޭނުންނޫން އެހެން އެއްވެސް ބޭނުމަކަށް ބޭނުން ކުރުމަކީ މަނާ ކަމެކެވެ.

ކުއްޔަށް ދޫކުރެވޭ ބިމުގެ އެއްބަސްވުން އުވާލުން ނުވަތަ ނެގުން

11

ހ

މިއުސޫލުގައިވާ ގޮތުގެ މަތިން އަމަލު ނުކޮށްފިނަމަ އެފަރާތަށް ކުއްޔަށް ދޫކުރެވިފައިވާ ބިން ނެގުމުގެ ބާރާއި އިޚްތިޔާރު  ކައުންސިލް އިދާރާއަށް ލިބިގެން ވެއެވެ.

 

 

ށ

ބިން ކުއްޔަށް ދޫކުރި ފަރާތުން ތިންވަނަ ފަރާތަކަށް ކުއްޔަށް ދޫކޮށްފިނަމަ އެ ބިމެއް ގެ އެއްބަސްވުން އުވާލައި ބިން އެފަރާތުން ނެގުމުގެ ބާރު ކައުންސިލަށް ލިބިގެންވެއެވެ.

 

 

ނ

ބިން ކުއްޔަށް ދޫކޮށްފައިވާ ބޭނުން (ނުވަތަ އަމަލީ މަސައްކަތް) ނުކުރާތާ 2 މަސްދުވަސްވުމުން ބިން ވަކިކުކުރުމުގެ ބާރު ކައުންސިލަށް ލިބިގެންވެއެވެ.

 

 

ރ

މި އުސޫލުގެ ދަށުން ކުއްޔަށް ދޫކުރެވޭ ބިމުގެ މުއްދަތު ހަމަވުމުގެ ލަސްވެގެން 1 މަސްދުވަސް ކުރިން ބިމުގެ މުއްދަތު އިތުރުކުރުމަށް ކައުންސިލަށް ލިޔުމަކުން ހުށައަޅަންވާނެވެ. އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްނުދީފިނަމަ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން އެބިމެއް އެފަރާތުން ވަކިވާނެވެ.

ފިޔަވަޅު އެޅުން

12

 

މިއުޞޫލުގެ އެއްވެސް މާއްދާއަކާ ހިލާފުވެއްޖެނަމަ ތިރީގައި ބަޔާންކުރެވިފައިވާގޮތަށް ފިޔަވަޅު އެޅުމުގެ ބާރު ކައުންސިލަށް ލިބިގެންވެއެވެ.

(1) ފުރަތަމަ ފަހަރު 500 (ފަސްސަތޭކަ ރުފިޔާ) ބޮޑުނުވާ އަދަދަކުން ޖޫރިމަނާ ކުރުން.

(2) ދެވަނަ ފަހަރު 1000 (އެއްހާސް ރުފިޔާ)ބޮޑުނުވާ އަދަދަކުން ޖޫރިމަނާ ކުރުން.

(3) ތިންވަނަ ފަހަރު 1500(ފަނަރަސަތޭކަ ރުފިޔާ) ބޮޑުނުވާ އަދަދަކުން ޖޫރިމަނާކުރުން.

(4) މިއުޞޫލާ ޚިލާފުވެގެން ކުރެވޭ ޖޫރިމަނާގެ ފައިސާ 7 (ހަތެއް) ދުވަހުގެ ތެރޭގައި ދައްކާ ޚަލާސްކުރަން ވާނެއެވެ. މި މުއްދަތުގެ ތެރޭގައި ފައިސާ ދައްކާ ޚަލާސް ނުކޮށްފިނަމަ ޤާނޫނާއި ޤަވާޢިދުގެ ތެރޭން ފައިސާ ހޯދުމުގެ ބާރު ކައުންސިލް އިދާރާއަށް ލިބިގެންވެއެވެ.

މި އުޞޫލަށް ބަދަލު ގެނައުން.

13

ހ

މި އުޞޫލުގެ އެއްވެސް މާއްދާއަކަށް ބަދަލު ގެނެވޭނީ އެބަދަލެއް ނުވަތަ އެ އިސްލާހެއް ކައުންސިލަށް ހުށަހަޅާ ފާސްކޮށްގެނެވެ.

 

 

ށ

މި އުޞޫލާއި ގުޅިގެން ދިމާވާ މައްސަލަތަކުގެ ތެރެއިން ކައުންސިލްގެ ނިންމުމަކުން ތަންފީޒްކުރަން ޖެހިއްޖެ ހާލަތެއްގައި ކައުންސިލްގެ މަސްވަރާގެ މަތީން އެފަދަ މައްސަލައެއް ނިމެންދެން ވަގުތީ އަމުރު ހިންގުމުގެ ބާރު ކައުންސިލް ހިންގުމާއި ހަވަލުވެ ހުންނެވި ވެރިއަކަށް ލިބިގެންވެއެވެ. އަދި މިފަދަ އަމުރުތައް ތަންފީޒްކުރަންޖެހޭނީ ލިޔެކިޔުމުން ފެންނަގޮތަށެވެ.

 

 

ނ

މި މާއްދާގެ (ށ) ގައި ބަޔާންކުރާ ހާލަތުގެ މުއްދަތު އެންމެ ގިނަވެ ގެން ދެމި އޮންނާނީ 30 (ތިރީސް) ދުވަހުގެ މުއްދަތަށެވެ. އަދި 30 (ތިރީސް)ދުވަހުގެ މުއްދަތުގެ ތެރޭގައި ރިޔާއަތް ކުރެވިފައިވާ މައްސަލައަށް ކައުންސިލުން ވަކިގޮތެއް ނިންމަންވާނެއެވެ.

 

 

 

 

 

 

 

 

 

 

 

 

 

 

 

އެނެކެސް 1 ( ބޫތު ހެދުމަށް ބަނދަރު ސަރަހައްދުން ދޫކުރާ ބިން ހިމެނޭ ޗާރޓް )

 

27 ސެޕްޓެންބަރު 2020
ހޯދާ