މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
2021 ވަނަ އަހަރަށް ފަޅުރަށްރަށުގެ ވަރުވާ ދެއްކުމާބެހޭ

މި މިނިސްޓްރީން ވަރުވާއާށް ދޫކޮށްފައިވާ ފަޅުރަށްރަށުގެ 2021 ވަނަ އަހަރަށް ވަރުވާ ދެއްކުމުގެ މުއްދަތު 2020 ޑިސެންބަރު މަހުގެ ނިޔަލަށް ހަމަވާތީ، 31 ޑިސެންބަރު 2020 ވަނަ ދުވަހުގެ ކުރިން ފަޅުރަށްރަށް ވަރުވާއަށް ލިޔުއްވައިގެން އުޅުއްވާ ފަރާތްތަކަށް، ވަރުވާ ދެއްކެވުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ. ފަޅުރަށްރަށުގެ ވަރުވާ ދައްކަވާނީ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އަށެވެ. ވަރުވާ ދައްކަވަން ވަޑައިގަންނަވާއިރު ރަށް ލިޔެދީފައވާ ފަރާތުގެ އައިޑެންޓިޓީ ކާޑު ނުވަތަ ކާޑުގެ ކޮޕީ އެއް ހިއްޕަވައިގެން ވަޑައިގެންނެވުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ. އަދި، ފަޅުރަށްރަށުގެ ވަރުވާ އެރަށެއް ހިމެނޭ އަތޮޅެއްގެ އަތޮޅު ކައުންސިލުންވެސް ބަލައިގަންނާނެ ވާހަކަވެސް ދެންނެވީމެވެ.

އަދި ދަންނަވަމެވެ. 2021 ވަނަ އަހަރުގެ ވަރުވާ ދެއްކުމުގެ މުއްދަތު ހަމަވާއިރު ރަށަށް ދައްކަންޖެހޭ ވަރުވާ ނުދައްކަވާ ފަރާތްތަކާމެދު، އެއްބަސްވުމުގައިވާ ގޮތުގެ މަތިން ޢަމަލު ކުރެވޭނެ ވާހަކަ ފަޅުރަށްރަށް ވަރުވާއަށް ގެންގުޅުއްވާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

08 ޑިސެންބަރު 2020
ހޯދާ