ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ 2020 ވަނަ އަހަރުގެ މާލީ ހިސާބުތައް އޮޑިޓްކުރުމަށް އޮޑިޓަރެއް ހޯދުން

     ޤާނޫނު ނަންބަރު 2019/5 (ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު) ގެ ބޭނުމަށް 2020 ވަނަ އަހަރު ދިވެހިރާއްޖޭގެ ބާ ކައުންސިލުން ކޮށްފައިވާ އެންމެހާ މާލީ ކަންކަމުގެ ހިސާބުތައް އޮޑިޓްކުރުމަށް އޮޑިޓަރެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

     ވީމާ، އޮޑިޓަރ ޖެނެރަލްގެ އޮފީހުން ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 10 ޑިސެންބަރު 2020 ގެ 09:00 އަށް ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އިދާރާ (ހ.އޯކިޑްމާގެ، ލޮޓަސް ގޯޅި، 1 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 14 ޑިސެންބަރު 2020 ގެ 09:00 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

     މި މަސައްކަތާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ، ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ [email protected] އެޑްރެހަށް އީމެއިލްކުރެއްވުމުން ނުވަތަ ބާ ކައުންސިލުގެ 3333990 ނަންބަރު ފޯނަށް ގުޅުއްވުމުން، އެދިވަޑައިގަންނަވާ މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ. 

07 ޑިސެންބަރު 2020
ހޯދާ