ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ވެށިސާފު ޕްރޮގްރާމްގެ ދަށުން ހުޅުމާލޭގެ ޕާކުތައް ކުނިކަހާ ބަލަހައްޓާނެ އަދި ރުއްތައް ސާފުކުރާނެ ފަރާތްތައް ހޯދުމާއިގުޅޭ

ވެށިސާފު ޕްރޮގްރާމްގެ ދަށުން ހުޅުމާލޭގެ ޕާކުތައް ކުނިކަހާ ބަލަހައްޓާނެ އަދި ރުއްތައް ސާފުކުރާނެ ފަރާތްތައް ހޯދުމާއިގުޅޭގޮތުން 6 އޮކްޓޫބަރު 2020 ގައި ކުރެވުނު އިޢުލާނާއި (އިޢުލާން ނަންބަރު HDC(161)-HR/IU/2020/196) ހަވާލާދީ ދަންނަވަމެވެ.

ވެށިސާފު ޕްރޮގްރާމުގެ ދަށުން ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވިފައިވާ ފަރާތްތައް ގްރޫޕްތަކަކަށް ބަހާލައިގެން މަސައްކަތުގެ މާހައުލަށް ނެރެ، މަސައްކަތުގެ ފެންވަރުވަޒަންކުރެވޭނެ ހަރަކާތަކަށް(ސިލެކްޝަން ޓްރައިލް އެކްސަސައިޒް)ފަހު މީހުން ހޮވުމަށް ނިންމާފައިވާކަން އަންގާ އިއުލާންކުރަމެވެ. މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 10 ޑިސެންބަރު 2020 އިން ފެށިގެން 15 ޑިސެންބަރު 2020އާއި ދެމެދުގެ މުއްދަތުގައެވެ. މި ޕްރޮގްރާމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ފުރަތަމަ ބުރުގައި ޝޯޓްލިސްޓްކުރެވި އިންޓަވިއު ކުރެވިފައިވާ ފަރާތްތައް މި ހަރަކާތުގައި ނުހިމެނޭނެކަމާއި އެނޫން ފަރާތްތަކަށް އެސް.އެމް.އެސް މެދުވެރިކޮށް އެފަރާތެއް މި ހަރަކާތަށް ނިކުންނަންޖެހޭނެ ދުވަހާއި ގަޑި މި ކޯޕަރޭޝަނުން އަންގާނެ ވާހަކަ ދެންނެވީމެވެ.

07 ޑިސެންބަރު 2020
ހޯދާ