ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގައްދޫ ރައްޔިތުންގެ ނަމުގައި ހުރި ތެޔޮ އަޅާ ތާންގި ވިއްކާލުން

ނަންބަރ: (IUL)419 /419/2020/60

 

އިޢުލާން

ގައްދޫ ރައްޔިތުންގެ ނަމުގައި ހުރި ތެޔޮ އަޅާ ތާންގި ވިއްކާލުން

              ގައްދޫ ރައްޔިތުންގެ ނަމުގައި ބަނދެ ނިންމައި މިހާރު ކޫލްލައިނަށް ކުއްޔަށް ދޫކޮށްފައިވާ 75000 ލީޓަރުގެ ތެޔޮ އަޅާ ތާންގީ ސިޓީލާ ނީލަމުގައި ވިއްކާލުމަށް 02 ޑިސެމްބަރ 2020 ބުދަދުވަހު ބޭއްވުނު ކައުންސިލުގެ 3 ވަނަ ދައުރުގެ 147 ވަނަ ޢާންމު ބައްދަލުވުމުން ނިންމެވުމާއި ގުޅިގެން މި ދެންނެވި ތާންގީ ސިޓީލާނީލަމުގައި ވިއްކާލުމަށް ފުރުސަތު ހުޅުވާލަމެވެ. ސިޓީލާ ނީލަމުގައި ތެޔޮ ތާންގި ވިއްކާލުމަށް ހުށަހަޅާ އަގަކީ -/50000 (ފަންސާސްހާސް ރުފިޔާ) އެވެ. މި އަދަދަށް ފަހަރަކު އިތުރުކޮށް ހުށަހެޅޭނީ މަދުވެގެން -/5000 (ފަސްހާސް) ރުފިޔާއެވެ. އެ ދުވަހެއްގެ އޮފީސް ބަންދުވާއިރު އެ ދުވަހަކު ހުށަހެޅިފައިވާ އެންމެ މަތީ އަގު މިއިދާރާގެ ނޯޓިސް ބޯޑުގައި ޢާންމުކޮށް ފެންނަން ހުންނާނެއެވެ. މި ތާންގީ ގަތުމަށް އެދި ހުށަހަޅާ އަގު ވިދިވިދިގެން 3 ދުވަހު އެއް އަގެއް އޮވެއްޖެނަމަ އެ އަގު ހުށަހެޅި ފަރާތަކަށް ނީލަން ނިންމާލައި އެކަން އެފަރާތަށް ލިޔުމަކުން އެންގޭނެއެވެ. ނީލަން ކާމިޔާބު ކޮށް ތެޔޮ ތާންގީ ގަންނަ ފަރާތަކުން މިއިދާރާއިން ކަނޑައަޅައި މުއްދަތެއްގައި ތެޔޮ ތާންގީ އެތަނުން ނަގައި ބިން ސާފުކުރަންޖެހޭނެއެވެ.

              މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                6 ޑިސެމްބަރ   2020 

06 ޑިސެންބަރު 2020
ހޯދާ