ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ ހުއްދަ ނުނަގާ އެހެލާފައިވާ އުޅަނދުފަހަރު ނެގުމަށް އެންގުން

       އަލިހަނދުވަރު ހިނގުމުން ފެށިގެން ސޯސަންމަގާއި ހަމައަށް މިރަށު ގޮނޑުދޮށުގައި އެކި ފަރާތްތަކުން މިކައުންސިލްގެ ހުއްދަ ނުނަގާ އެހެލާފައިވާ އުޅަނދުފަހަރާއި، އަދި އެކިބޭނުންތަކުގައި ބަހައްޓާފައިހުރި އުޅަނދުފަހަރާއި، ހުއްދަ ނުނަގާ ބަންނަމުންދާ އުޅަނދުތައް 06 ޑިސެންބަރު 2020 ވަނަ ދުވަހުން ފެށިގެން 20 ޑިސެންބަރު 2020 ވަނަ ދުވަހުގެ މެންދުރުފަހު 12:30 ގެ ކުރިން ހަމަޖެހިފައިވާ އުޞޫލާއި ޤަވާއިދުގެ ތެރެއިން މިއިދާރާގެ ހުއްދަ ހޯދުމަށް ދެންނެވީމެވެ.

       އަދި އެ މުއްދަތުގެ ތެރޭގައި މިއިދާރާގެ ހުއްދަ ނުހޯދާފިނަމަ، ނުވަތަ އެތަކެތި ނަގައި ބިން ސާފުނުކޮށްފިނަމަ، ހަމަޖެހިފައިވާ އުޞޫލުގެ ތެރެއިން އެތަކެތީގެ ނީލަން ކިޔޭނެ ވާހަކަ ދެންނެވީމެވެ.

       ވީމާ، މިކައުންސިލްގެ ހުއްދަ ނުނަގާ އެސަރަޙައްދު ގައި އެހެލާފައިވާ އުޅަނދުތަކާއި، އަދި އެކިބޭނުންތަކުގައި ބަހައްޓާފައިހުރި އުޅަނދުފަހަރާއި، ހުއްދަ ނުނަގާ ބަންނަމުންދާ އުޅަނދު ތަކުގެ ފޮޓޯ ކައުންސިލްގެ ފޭސްބުކު ޕޭޖުގައި އާންމު ކުރެވޭނެ ވާހަކަ ދެންނެވީމެވެ.   

       މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

06 ޑިސެންބަރު 2020
ހޯދާ