ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
މި ކޯޓުގެ ބައެއް އޭސީތައް ސާވިސް ކޮށްދޭނެ ފަރާތެއް ހޯދުން

ނަންބަރު: 03/2020/(IUL)P7C

އިޢުލާން

މި ކޯޓުގެ ބައެއް އޭސީތައް ސާވިސް ކޮށްދޭނެ ފަރާތެއް ހޯދުން

 

މި ކޯޓުގެ އޭސީތަކެއް ސާވިސް ކުރުމަށް ކުރެވުނު މިކޯޓުގެ ނަންބަރު (IUL)P7C/2020/02 އިޢުލާނާއި ގުޅިގެން ހުށަހެޅިފައިވާ ކޯޓޭޝަންތަކުގެ މައުލޫމާތު ފުރިހަމަ ނުވުމުގެ ސަބަބުން އެއިޢުލާން ބާތިލްކޮށް ތިރީގައި ދެންނެވިފައި އެވާ އޭސީތައް ސާވިސް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

 

ސާވިސް ކުރަންޖެހޭ އޭސީ ތަކުގެ ތަފްސީލް ތިރީގައި އެވަނީ އެވެ.

 

#

ބްރޭންޑް/ސައިޒު

ދިމާވެފައިވާ މައްސަލަ

1

GREE 12000 BTU

ފިނިނުވުމާއި، އިންޑޯ ޔުނިޓުގެ އަޑު ބާރުވުން

2

GREE 12000 BTU

ފިނިނުވުމާއި، އިންޑޯ ޔުނިޓުގެ އަޑު ބާރުވުން

 

ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 13 ޑިސެމްބަރ 2020 ވަނަ ދުވަހުގެ 12:30 ގެ ކުރިން 6820778 ނަންބަރަށް ގުޅުއްވައިގެން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު ހަމައެދުވަހުގެ (13 ޑިސެމްބަރ 2020)  13:00 އަށް މިކޯޓަށް ޙާޟިރުވެ ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. 

 

އިތުރު މަޢުލޫމާތު

  1. އޭސީތައް ސާވިސް ކުރުމުގެ ތެރޭގައި އެއްވެސް އޭސީ އަކުން އެއްވެސް މައްސަލައެއް ފާހަގަ ވާނަމަ އެ ކަމެއް ހައްލު ކުރަންވާނީ އެމަސައްކަތް ކުރުމަށް ހުއްދަ ލިބިގެންނެއެވެ.
  2. ކޯޓޭޝަނުގައި މަސައްކަތް ކުރެވޭނެ އަގާއި މަސައްކަތުގެ މުއްދަތު ބަޔާންކޮށްފައި އޮންނަށް ވާނެއެވެ.
  3. މިކަމަށް ކުރިމަތިލަނީ ކުންފުންޏެއް (ޕާރޓްނަރޝިޕެއް) ނަމަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަން ވާނެއެވެ. އަމިއްލަ ފަރާތަކުން ނަމަ، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ/ އައިޑީކާޑު ހުށަހަޅަންވާނެއެވެ.
  4. މަސައްކަތް ހަވާލުކުރެވޭނީ މިމަސައްކަތް ކުރުމަށް އެންމެ ކުޑަ އަގެއް ހުށަހަޅާ ފަރާތަކަށެވެ. 

 

06 ޑިސެންބަރު 2020
ހޯދާ