ޖަމާލުއްދީން ސްކޫލް
ދިވެހިރާއްޖެ
ޖަމާލުއްދީން ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

1.       މި ސްކޫލްގެ ގޯތިތެރެއާއި އެންމެހައި ޢިމާރާތްތަކާއި ޢިމާރާތްތަކުގައިވާ ތަކެއްޗާއި އިންފާރުގެ ވަށައިގެންވާ މަގުތަކުގެ ސެކިޔުރިޓީ ބަލަހައްޓައިދިނުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމަށް ހުޅުވާލަމެވެ.

 

2.       މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2020 ޑިސެންބަރު 06 އިން 2020 ޑިސެންބަރު 10 އަށް ބަންދުނޫން ކޮންމެ ދުވަހަކު 09:00 އިން 13:30 އަށް މި ސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.

 

3.       މި ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2020 ޑިސެންބަރު 10 ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 

4.       މި ޕްރޮޖެކްޓާއި ބެހޭގޮތުން ޕްރީބިޑް މީޓިންއެއް ބޭއްވުމަށް ހަމަޖެހިފައެއް ނުވެއެވެ.

 

5.       ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2020 ޑިސެންބަރު 13 ވާ އާދީއްތަ ދުވަހުގެ 11:00 ގައި މި ސްކޫލްގައެވެ.

 

6.       މި ޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

 

7.       އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

ޖަމާލުއްދީން ސްކޫލް

މާލެ،

ފޯން:3324415

 

އީ-މެއިލް: [email protected]

06 ޑިސެންބަރު 2020
ހޯދާ