މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ނެޝަނަލް ސިންގަލް ވިންޑޯ ޕްރޮޖެކްޓުގެ ދަށުން ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްގެ ޓްރޭނިންގ ރޫމްއަށް ބޭނުންވާ އިކުއިޕްމަންޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

އިއިލާން

ނެޝަނަލް ސިންގަލް ވިންޑޯ ޕްރޮޖެކްޓުގެ ދަށުން ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްގެ ޓްރޭނިންގ ރޫމްއަށް ބޭނުންވާ އިކުއިޕްމަންޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭ.ޑީ.ބީ) އިން ފަންޑު ކޮށްގެން، މި މިނިސްޓްރީއިން ތަންފީޛުކުރަމުންދާ ނެޝަނަލް ސިންގަލް ވިންޑޯ ޕްރޮޖެކްޓުގެ ދަށުން، ސިންގަލް ވިންޑޯ ސިސްޓަމްގެ އޮޕަރޭޓަރގެ ގޮތުގައި ކަނޑައަޅާފައިވާ ކުންފުނި، ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްއަށް ބޭނުންވާ ޓްރޭނިންގ ރޫމް އިކުއިޕްމަންޓް ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއްހޯދަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް އަގު ހުށަހެޅުމުގެ ދަޢުވަތު، މި އިޢުލާނާއެކު ހިމެނިފައިވާ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ޝަރުތު ފުރިހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

މި މަސައްކަތަށް އަގު ހުށަހެޅުމުގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އޭ.ޑީ.ބީ ގެ ޕްރޮކިއުމަންޓް ރެގިއުލޭޝަންގެ ރިކުއެސްޓް ފޯ ކޯޓޭޝަން (އާރް.އެފް.ކިއު) މެތަޑް އާ އެއްގޮތްވާގޮތުގެމަތިންނެވެ. ވިމާ، މި މަސައްކަތް ކޮށްދިނުމަށް އަގުހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަސައްކަތް ކާމިޔާބުކުރާ ފަރާތާއެކު ޚިދުމަތާއި ތަކެތި ހޯދުމަށް މި މިނިސްޓްރީއިން ސޮއިކުރާ އެއްބަސްވުން އެކުލަވާލެވޭނީ، މި އިޢުލާނާއެކު ހިމެނިފައިވާ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ޑްރާފްޓް އެއްބަސްވުމުގައި ހިމެނޭ އޭ.ޑީ.ބީ ގެ ޝަރުތުތައް ނުވަތަ ޓާރމްސް އެންޑް ކޮންޑިޝަންސްގެ ދަށުންނެވެ.

ޓްރޭނިންގ ރޫމް އިކުއިޕްމަންޓް ސަޕްލައިކޮށް އިންސްޓޯލްކޮށް ދިނުމަށް ޝައުގުވެރިވަޑައިގަންނަވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ސެޝަނެއް، 09 ޑިސެމްބަރ 2020 ވާ ބުދަ ދުވަހުގެ 13:00 ގައި މިމިނިސްޓްރީ (ބޮޑުތަކުރުފާނުމަގުގައި ހުންނަ އިމާރާތް) ގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. އަގު ހުށަހަޅުއްވާ ފަރާތްތަކުން، 16 ޑިސެމްބަރ 2020 ވާ ބުދަ ދުވަހުގެ 13:00 ގައި މިނިސްޓްރީގެ (ބޮޑުތަކުރުފާނު މަގުގައި ހުންނަ އިމާރާތް) 1 ވަނަ ފަންގިފިލާގައި ހުންނަ ކޮންފަރެންސް ރޫމްއަށް ވަޑައިގެންއަގު ހުށަހެޅުއްވުން އެދެވެމެ. މަޢުލޫމާތު ސެޝަންގައި ބައިވެރިނުވާ ފަރާތްތަކަށްވެސް މި މަސައްކަތަށް އަގު ހުށަހެޅުމުގެ ފުރުސަތު ލިބިގެންވެއެވެ.

މި އިޢުލާނާއިގުޅޭ މަޢުލޫމާތު ކަރުދާސް، ގެޒެޓްގައި ޝާއިޢުކޮށް އަދި މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv އިން ޑައުންލޯޑްކުރެވޭނެ ވާހަކަ ދަންނަވަމެވެ. އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 7667767 އަށް ގުޅުއްވުން އެދެމެވެ.

އަގު ހުށަހަޅާއިރު ހުށަހަޅަންޖެހޭ ތަކެތި/ލިޔެކިއުން؛

  1. ފުރިހަމަކޮށް، ސޮއިކޮށްފައިވާ ބީލަން ހުށަހަޅާފޯމް
  2. އެސްޓިމޭޓް / ކޯޓޭޝަން (ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ އަދަދުތައް ހިމަނައިގެން)
  3. ބިޑް ހުށަހަޅާ ފަރާތުގެ ޕްރޮފައިލް
  4. އަގުހުށަހަޅާ ތަކެތީގެ ފޮޓޯ އާއި ސްޕެސިފިކޭޝަން
  5. އަގުހުށަހަޅާ ތަކެތީގެ ކަންޓްރީ އޮފް އޮރިޖިން ބަޔާންކުރާ ލިޔުން.
  6. ކުންފުނި ނުވަތަ ވިޔަފާރީގެ ރަޖިސްޓްރޭޝަން ކޮޕީ
  7. ފޯމް އޮފް ކޯޓޭޝަން (ގެޒެޓްގައި ހިމެނިފައި)
06 ޑިސެންބަރު 2020
ހޯދާ