އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ. ފެރިދޫގެ ބައެއް މަގުތަކުގައި ހުރި ރުއްގަހުގެ މިލްކުވެރި ފަރާތެއް ހޯދުން:

                                                       ނަންބަރު:A/IUL/344/2020/28

 

އިޢުލާން

އއ. ފެރިދޫގެ ބައެއް މަގުތަކުގައި ހުރި ރުއްގަހުގެ މިލްކުވެރި ފަރާތެއް ހޯދުން:

ތިރީގައި މިދަންނަވާ ރުއްގަހަކީ އަލަށް އާބާދުވާ ސަރަޙައްދުގެ މަގުގައި ހުރި ރުއްގަހެވެ. މިރުއްގަހުގެ މިލްކުވެރި ފަރާތެއް ވާނަމަ 14 ޑިސެމްބަރ 2020 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މިކައުންސިލްގެ އިދާރާއަށް ދުރުވެ ނުވަތަ ލިޔުމުން މިކައުންސިލްގެ އިދާރާއަށް ހުށައެޅުއްވުމަށް ދެންނެވީމެވެ.

  • ހުސްނުހީނާމަގު، "ރުމޭނިޔާ އަދި ފަލަކު" ގޯތި ކައިރީގައިވާ 03 ރުއް
  • އޯކިޑްމަގު، "ތޫރި" ގޯތި ކައިރީގައިވާ 02 ރުއް
  • ލިލީމަގު، "ނިއު ޖިފުޑި އަދި މުތީ" ގޯތި ކައިރީގައިވާ 02 ރުއް
  • އަޙްމަދީމަގު، "ގާވިޔާ އަދި އާބާދު" ގޯތި ކައިރީގައިވާ 03 ރުއް
  • އަބަދަށްހިޔާމަގު، "ރިހާބު" ގޯތި ކައިރީގައިވާ 02 ރުއް
  • ލިލީމަގު އަދި އަޙްމަދީމަގު، "ޝާދީހިޔާ" ގޯތި ކައިރީގައިވާ 02 ގަސް މިދިލި

 

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

18 ރަބީޢުލްއާޚިރު 1442

                 

03 ޑިސެންބަރު 2020
ހޯދާ