މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.ވެލިދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު -2020 އަށް ޢާންމުންގެ ޚިޔާލު ހޯދުމަށްފުރުޞަތު ހުޅުވާލުން

މި އިޢުލާންވަނީ 03 ޑިސެންބަރު 2020 12:58 ގައި ބާތިލް ކުރެވިފައެވެ.


ނަންބަރު:2020/2

ދެންނެވުން

"ނ.ވެލިދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު -2020 " އަށް ޢާންމުންގެ ޚިޔާލު ހޯދުމަށްފުރުޞަތު ހުޅުވާލުން

                މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫގެ ބިމުން ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ. މިބުރުގައި ދޫކުރުމަށް ހަމަޖެހިފައިވަނީ 1600 އަކަފޫޓްގެ 72 ގޯއްޗެވެ. މި ގޮތުން އަލަށް ދޫކުރުމަށް ހަމަޖެހިފައިވާ 72 ގޯތި ދޫކުރުމަށް މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލް އިދާރާއިން އެކުލަވާލާފައިވާ " ނ.ވެލިދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު -2020" އަށް ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް އާންމު ރައްޔިތުންގެ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމުގައިދަންނަވަމެވެ. މި ބައްދަލުވުން ބޭއްވުމުގެ ކުރިން މިއުސޫލަށް ޢާންމުންގެ ޚިޔާލު ހޯދުމަށް މިއަދުން ފެށިގެން ހުޅުވާލަމެވެ. ވީމާ، މިއުސޫލަށް އެއްވެސް ޚިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ، 10 ޑިސެންބަރު 2020 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިއިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް ނުވަތަ ކައުންސިލްއިދާރާއަށް ލިޔުމުން ފޮނުއްވައިދެއްވުން އެދި ދެންނެވީމެވެ.

 

02 ޑިސެމްބަރ 2020

02 ޑިސެންބަރު 2020
ހޯދާ