ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮޓަރިއެއް ކުއްޔަށް ހިފަން ބޭނުންވެއްޖެ.

ކޮޓަރިއެއް ކުއްޔަށް ހިފަންބޭނުންވެއްޖެ.  

 

                 މިރަށުގައި ގާއިމުކޮށްފައިވާ ޕޮލިސް ޑެސްކުގައި މަސައްކަތްކުރާ ފުލުހުން ތިބުމަށް އެއަރކޯން ކޮށްފައިވާ ކޮޓަރިއެއް ހިމެނޭނެ ހެން ތަނެއް 1 ( އެކެއް ) އަހަރުދުވަހުގެ މުއްދަތައް ކުއްޔަށް ހިފަންބޭނުންވެއްޖެއެވެ. ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތަކަކީ ކޮޓަރި ކުއްޔަށް ދޭފަރާތުން ގާއިމުކޮށް ކުރަންޖެހޭ ކަންތައްތަކެކެވެ.

  • ކަރަންޓްފީ ދެއްކުން
  • ބެޑްރޫމް ސެޓާއި، ކޮޓަރީގެ ފަރުނީޗަރ ހަމަކޮށް ފުރިހަމަ ކުރުން
  • ކައްކާނެ ތަނެއް ( ބަދިގެއެއް ) ހުންނަންވާނެއެވެ. މި ބަދިގެ    އެހެންފަރާތަކަށް ބޭނުން  ކުރެވޭގޮތަސް ވަކިންހުރިނަމަވެސް ރަގަޅުވާނެއެވެ. ( ތަން ކުއްޔަށް ހިފުމުގައި ބަދިގޭގެ ހާލަތަށާއި، ބޭނުން ކުރެވޭގޮތަށް ބޭލޭނެއެވެ ) 
  • ކޮޓަރިއަށް ދިމާވާ މައްސަލަތައް ހައްލުކުރުން ( ކަރަންޓް، ފެން، އަދިވެސް ދިމާވާ އެހެނިހެން މައްސަލަތައް )
  • ކޮޓަރިން ވަދެވޭގޮތަށް ރަގަޅުފެންވަރކަށް ހެދިފައިވާ  ފާޚާނާއެއް ހުރުން
  • ކޮޓަރިއަށް ސިޓިންގރޫމުން ނުވަތަ ބޭރުން ވަދެވޭގޮތަށް ހުރުން،

 

                 ވީމާ، މެދެންނެވުނު ގޮތުގެމަތިން 1 އަހަރުދުވަހަށް ކޮޓަރިއެއް ކުއްޔަށް ދޭން ބޭނުންވާ ފަރާތްތަކުން 07 ޑިސެމްބަރ 2020 ވާ ހޯމަ ދުވަހުގެ 13:00 އަށް ލިޔުމުން އަގު ހުށަހެޅުއްވުން އެދެމެއެވެ.

   މިހެންވެ، މިކަންއާންމުކޮށް އަންގާ އިޢުލާން ކުރީމެއެވެ.

   02   ޑިސެމްބަރ    2020

02 ޑިސެންބަރު 2020
ހޯދާ