ތ. ދިޔަމިގިލީ މަދަރުސާ
ދިވެހިރާއްޖެ
2021 ވަނަ އަހަރު ދިޔަމިގިލީ މަދަރުސާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

ދިޔަމިގިލީ ސްކޫލް

ތ. ދިޔަމިގިލި ، ދިވެހިރާއްޖެ  

                                                                  ނަންބަރު:DM / 04 / 2020 /I-02

               އިޢުލާން

 ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

                      ކޮންޓްރެކްޓް  އުސޫލުން  01 ޖެނުއަރީ 2021  އިން  31 ޑިސެމްބަރ 2021ގެ ނިޔަލަށް މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މި މަސައްކަތަށް  ހުށަހެޅުމުގެ  ފުރުޞަތު  ހުޅުވާލެވިފައިވަނީ  ވިޔަފާރި  ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:18/2014) ގެ ދަށުން ރަޖިސްޓަރީ  ކުރެވިފައިވާ ފަރާތްތަކަށާއި  އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި، ގަޑިތަކުގައި މިސުކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

 މަޢުލޫމާތު ސާފުކުރުމަށް

13 ޑިސެމްބަރ  2020 އާދީއްތަ، ހެނދުނު 10.00

އަންދާސީ ހިސާބު ހުށަހެޅުމަށް

17 ޑިސެމްބަރ  2020 ބުރާސްފަތި، ހެނދުނު 10.00

           މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ އެކަން ބަޔާންކޮށް ސިޓީއަކުން މި ސުކޫލަށް ހުށަހަޅުއްވަން ވާނެއެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނަށް ހާޒިރުވެ ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސްކޫލްގެ ނަމްބަރ 6780569 އަށް ގުޅުއްވުން އެދެމެވެ.

17   ޖުމާދަލްއޫލާ   1442

02 ޑިސެންބަރު 2020
ހޯދާ