މާޅެންދޫ ސްކޫލް
ދިވެހިރާއްޖެ
2021 ވަނަ އަހަރު ސެކިޔުރިޓީ ބެލެހެއްޓުން

 

 

 

މާޅެންދޫ ސްކޫލު

ނ. މާޅެންދޫ                                        ނަމްބަރ:GS114/2020/08-IUL

އިޢުލާން

 

ނ.މާޅެންދޫ ސްކޫލްގެ ސެކިޔުރިޓީ ބެލެހެއްޓުން:

 

2021 ޖަނަވަރީ 01 ން 2021 ޑިސެމްބަރ 31 އަށް، ކޮންޓްރެކްޓް އުޞޫލުން މި ސްކޫލްގެ ސެކިޔުރިޓީ  ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

މި ސްކޫލުގެ ސެކިޔުރިޓީ ބެލެހެއްޓުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2020ޑިސެމްބަރ 2 ކުން 2020 ޑިސެމްބަރ 6 ކަށް ބަންދުނޫން ކޮންމެ ދުވަހަކު 9:30 އިން 12:30 އަށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.

ވީމާ ސެކިޔުރިޓީ ބެލެހެއްޓުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2020 ޑިސެމްބަރ 8  ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް މި ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2020 ޑިސެމްބަރު 10 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށައަޅުއްވާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ. މަޢުލޫމާތު ސާފުކުރުމަށް ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ އެކަން ބަޔާންކޮށް ސިޓީއަކާއެކު ކުންފުނި/ ވިޔަފާރި ރަޖިސްޓަރީގެ ކޮޕީ ފޮނުވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ.

އަދި ދަންނަވަމެވެ. މި މަސައްކަތަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:18/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

01 ޑިސެންބަރު 2020
ހޯދާ