ފުވައްމުލަކު ހޮސްޕިޓަލް
ދިވެހިރާއްޖެ
ވޯޑް މެނޭޖަރ

ފުވައްމުލަކު ހޮސްޕިޓަލް

ފުވައްމުލައް، ދިވެހިރާއްޖެ                                             

 

                                                        ނަންބަރ: I)(I)HR/MHC/2020/13)

 

މިހޮސްޕިޓަލުގެ ވޯޑް މެނޭޖަރ ގެ މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ.

މިޒިންމާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.

ހަވާލް ކުރެވޭ ޒިންމާ:

ވޯޑް މެނޭޖަރ

ބޭނުންވާ އަދަދު:

01 ( އެކެއް)

މަޤާމުގެ ގިންތި:

ވަގުތީ

ޙަވާލް ކުރެވޭ މުއްދަތު:

2 އަހަރު

ވަޒީފާ އަދާކުރަންޖެހޭ ތަން:

ފުވައްމުލަކު ހޮސްޕިޓަލް ، ފުވައްމުލައް

އެޑެޑްރެސްޕޮންސިބިލިޓީ  އެލަވަންސް އަށް ދެވޭނެ މިންވަރު:

މަސައްކަތައް ނުކުންނަ ކޮންމެ ދުވަހަކަށް -/124 (ސަތޭކަ ސައުވީސް) ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އެޑްމިޓްކުރެވޭ ބަލިމީހުންނަށް ބޭނުންވާ ނާރސިންގ ކެއަރ ޑޮކްޓަރުންގެ ލަފާގެ މަތިން ކަނޑައެޅިފައިވާ އުޞޫލުގެ މަތިން ދިނުމާއި ސިއްޙީ  މަޢުލޫމާތު ދިނުމާއި އެކު އެހެން ނަރުހުންނަށް އިރުޝާދު ދީ އެކަންތައް ކުރުވުން.

 

  1. ހޮސްޕިޓަލަށް ވިހަން އަންނަ މާބަނޑުމީހުން ވިއްސުމުގެ ކަންތައްތަކުގައި އެހީތެރިވެދިނުމާއި ނާރސިންގ ސާރވިސްއަށް ބޭނުންވާ އެހެންކަންތައްތަކުގައި އެހީތެރިވެދިނުމާއި އެކު އެހެން ނަރުހުންނަށް އިރަޝާދު ދީ އެކަންތައް ކުރުވުން

 

  1. އައި.ސީ.ޔޫ، ވޯޑު، ލެބަރ ރޫމް، އެން.އައި.ސީ.ޔޫ ފަދަ ނަރުހުންގެ ބެލުމުގެ ދަށުގައިވާ ތަންތަން ހުންނަންޖެހޭ މިންގަނޑަށް ސާފުތާހިރުކަން ހިފެހެއްޓިފައިވޭތޯ ކޮންމެ ދުވަހަކު ބަލައި ސްޕަވައިޒަރގެ ލަފާގެ މަތިން ކަނޑައެޅިފައިވާ މިންގަނޑުގައި ހިފެހެއްޓުން، އަދި މި މާޙައުލުތަކަކީ ހުރިހާ މާނައެއްގައި ވެސް ހަމަހިމޭން މާޙައުލުތަކެއް ކަމުގައި ހެދުން.

 

  1. ހޮސްޕިޓަލުގެ އިންފެކްޝަން ކޮންޓުރޯލްކުރުމުގެ ގޮތުން ހެދިފައި ހުންނަ ޤަވާޢިދުތަކަށް އިޙްތިރާމްކުރުމަށް ބަލިމީހުންގެ އެހީތެރިންނަށް ނަސޭހަތްތެރިވުމަށާއި އަދި އެމީހުންނަށް ބޭނުންވާ މަޢުލޫމާތު ( ޕޭޝަންޓް ކޮންފިޑެންޝިއަލިރޓީ އާއި އެއްގޮތަށް ) ކަނޑައެޅިފައިވާ އުޞޫލާއި އެއްގޮތަށް ފޯރުކޮށްދިނުމާއި އެކު އެހެން މުވައްޒަފުން ލައްވާ ކުރުވުން.

 

  1. އިތުރު ފަރުވާއަށް ރަށުން ބޭރަށް ފޮނުވަންޖެހޭ ބަލިމީހުންގެ ކަންތައްތައް ކުރުމާއި ދަތުރަށް ބޭނުންވާ އެންމެހައި ކަންތައްތައްތަކުގައި އެހީތެރިވެދިނުމާއި އެކު ދަތުރުގެ އެންމެހައި އިންތިޒާމް ތައް ހަމަޖެއްސުން.

 

  1. ކޮންމެ ޑިއުޓީއެއް ފެށުމާއިއެކު އިންވެންޓްރީ ނަގައި ނިއޯނޭޓަލް އިންޓެންސިވް ކެއަރ ޔުނިޓަށް ބޭނުންވާނެ ތަކެތި ހުރިތޯބަލައި، މަދުވާތަކެތި ސްޓޯކީޕަރ އާއި ގުޅިގެން ހޯދައި ހަމަކުރުން.

 

  1. ނާރސިންގ ސާރވިސަސް  އަށް ބޭނުންވާ ތަކެތި، ( މެޝިނަރީސް، އިކުއިޕްމަންޓް، އަދި އިންސްޓްރޫމަންޓް، ކޮންސިއުމަބަލްސް ފަދަ ތަކެތި ) ހޮސްޕިޓަލުން ކަނޑައަޅާފައިވާ އުޞޫލާއި އެއްގޮތަށް ކަމާބެހޭ ސެކްޝަނާއި ގުޅިގެން ހޯދާ ހަމަކުރުން.

 

  1. މެއިންޓަނެންސްގެ ސާރވިސް ބޭނުންވާ މެޝިނަރީސް، އިކުއިޕްމަންޓްފަދަ ތަކެތި ކަމާބެހޭ ސެކްޝަނަކާ ގުޅިގެން ޙައްލުކޮށް، ނާރސިންގ ސާރވިސް  އިން ނައްތާލާތަކެތި ކަނޑައެޅިފައިވާ އުޞޫލުން ނައްތާލުން.

 

  1. ހޮސްޕިޓަލަށް ބޭނުންވާ އެންމެހައި ޑަރްގްސް އަދި މެޑިކަލް ކޮންސިއުމަބަލްސް ތައް ކަމާއި ބެހޭ ސެކްޝަންތަކައި ގުޅިގެން ހޯދުން .

 

  1. ކޮންމެ ހަފްތާއެއްގެ ބުރާސްފަތި ދުވަހުގެ ކުރިން ނަރސިންގެ ޑިއުޓީ ތައްޔާރުކޮށް ޕަބްލިޝްކުރުން.

 

  1. ހޮސްޕިޓަލުގެ ނަރސިންގ ސަރވިސަސް އާއި ގުޅުން ހުރި އެންމެހައި އެސްއޯޕީތައް ތައްޔާރުކޮށް އިންޕްލިމެންޓް ކުރުން.

 

  1. ކޮންމެ މީލާދީ އަހަރެއް ފެށުމާއި ނަރސިންގެ މުވައްޒަފުންގެ އަހަރީ ޓަރގެޓް ކަނޑައެޅުމާއި އެކު  މަންތްލީ ރިވިއު ފޯރމް ފުރުން.

 

  1.  ކޮންމެ މީލާދީ އަހަރެއް ފެށުމާއި ނަރސިންގެ މުވައްޒަފުންގެ އެޕްރައިޒަލް ފޯރމް ފުރިހަމަ ކުރުން.

 

  1.  ހޮސްޕިޓަލުން ހިންގާ ހެލްތް ޕްރޮމޯޝަން އެކްޓިވިޓީތަކުގައި ޢަމަލީގޮތުން ބައިވެރިވުމާއި މުވައްޒަފުންގެ މެދުގައި ހިންގޭ އެކިއެކި ޙަރަކާތްތަކަށް  އިސްނެގުމާއިއެކު ބައިވެރިވުން.

 

  1. މީގެ އިތުރުން ވެސް ކުއްލިއަކަށް ދިމާވާކަންތައްތައް އޮފީހުން އަންގާ ގޮތެއްގެ މަތިންކުރުމާއި، އެހެނިހެން މުވައްޒަފުންނަށް އެހީތެރިވެދިނުމާއި އާއްމުކޮށް މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ދާއިރާ ފިޔަވައި އެހެން ދާއިރާތަކުގެ މުވައްޒަފުން ބައިވެރިވެގެންކުރާ މަސައްކަތްތަކުގައި އިސްނެގުމާއެކު ޢަމަލީގޮތުން ބައިވެރިވުން.

މަޤާމުގެ ޝަރުތުތައް:

  1. ނަރުހުންގެ ވަޒީފާގެ އޮނިގަނޑުގައި ހިމެނޭ މަޤާމުތަކުގެ ތެރެއިން ސީ.އެސް 10 ރޭންކުން ފެށިގެން މަތީގެ ރޭންކެއްގެ ޝަރުތު ހަމަވެ،އެރޭންކުން ފެށިގެން މަތީ މަޤާމެއްގައި ހުރި ފަރާތަކަށް ވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

 

  1. ވޯޑް މެނޭޖަރުންގެ ޒިންމާ ޙަވާލްކުރުމަށް  ކުރެވޭ އިއުލާނަށް އިޖާބަދީ ވޯޑްމެނޭޖަރގެ މަސްއޫލިއްޔަތައް ކުރިމަތިލުމަށް އެދި އިދާރާއަށް ހުށަހަޅާ ސިޓީ.
  2. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އިން ފެންވަރު/ ލެވެލް ކަނޑަ އަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތި ތައުލީމުދޭ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި އެކު ކޯހުން ލިބޭ ސެޓުފިކެޓް ވަކި ފެންވަރެއްގައި ޤަބޫލް ކުރެވޭނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޮރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

3. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

4.  ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

5.  މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 13 ޑިސެމްބަރ 2020 ގެ 13:30 ގެ ކުރިން، މިހޮސްޕިޓަލުގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]

އަދި ފެކްސް 6860919 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު

މިވަޒީފާއަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 20 ޑިސެމްބަރ 2020 އާއި 24 ޑިސެމްބަރ  2020 އާއި ދެމެދު މިހޮސްޕިޓަލުގެ މީޓިންގ ރޫމްގައެވެ.

ޝޯޓް ލިސްޓްކުރުން:

މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6861860 އަށެވެ. ފެކްސް ކުރާނެ ނަންބަރަކީ، 6860919 އެވެ. އީ- މެއިލް ކުރާނީ [email protected] އަށެވެ.

 

16 ރަބީޢުލްއާޚިރާ  1442ހ.

01    ޑިސެމްބަރ   2020މ.

 

 

 

 

                                                                      އަޙުމަދު ސަޢީދު

                                                               މެނޭޖަރ، ހެލްތް ސާރވިސަސް

 

01 ޑިސެންބަރު 2020
ހޯދާ