މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
އެމް.އެން.ޑީ.އެފް އިން ކުރިއަށް ގެންދާ ހާއްސަ އަސްކަރީ ތަމްރީނާއި ގުޅޭ

     ނަންބަރު: IUL)202-M/1/2020/103)

 

އިޢުލާން

            މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން ކުރިއަށް ގެންދާ އަސްކަރީ ތަމްރީނުތަކެއް 14 އަދި 15 ޑިސެމްބަރު 2020 ވަނަ ދުވަހުގެ 18:30 އިން 21:30 އަށް ކ.ގިރިފުށީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަން މިއޮތޯރިޓީއަށް އަންގާފައިވެއެވެ. މި ތަމްރީނުތަކުގެ ތަފްސީލް ތިރީގައި މިވަނީއެވެ.

 

ތަމްރީނުގައި ވައިގެ ސަރަހައްދު ބޭނުންކުރާނެ ގޮތުގެ ތަފްސީލް

1-       ބޭނުންކުރާ ހަތިޔާރު/ ޕައިކޯޓެކްނިކްސް :            އޭކޭ ސީރީޒް ރައިފަލް

2-       ވައިގެ ސަރަހައްދު ބޭނުންކުރޭނެ އެންމެ ދުރުމިން:        4100 މީޓަރ

3-       ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިން:       100 މީޓަރ

4-       ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ތިރިމިން:        ސީ.ލެވެލް

5-       ވައިގެ ސަރަހައްދު ބޭނުންކުރާނެ ޑައިރެކްޝަން:       ކ.ގިރިފުށީގެ ރޭންޖްއިން ހުޅަނގު ދެކުނު

 

ވީމާ، މި ސަރަހައްދުން ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވައިގެން ދަތުރުފަތުރު ކުރެއްވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އާއްމުކޮށްއަންގާ އިޢުލާންކުރީމެވެ. 

 

            17 ރަބީއުލް އާހިރު  1442 

             01 ޑިސެންބަރު     2020

 

 

 

ރައީސުލް ޖުމްހޫރިއްޔާގެ އޮފީސް

މާލެ،ދިވެހިރާއްޖެ     

01 ޑިސެންބަރު 2020
ހޯދާ