ހއ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު

  1. މިމަރުކަޒުގެ ސެކިއުރިޓީ 01 ޖެނުއަރީ 2021 އިން ފެށިގެން 31 ޑިސެންބަރ 2021 ގެ ނިޔަލަށް ބަލަހައްޓައިދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

  2. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން  އޮންނާނީ 2020 ޑިސެންބަރު 10 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.

  3. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގައި ބައިވެރި ނުވެވޭނެ ވާހަކަ ދެންނެވީމެވެ.

  4. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، އަންދާސީހިސާބު ހުށަހަޅާ ފަރާތުގެ ސިޓީއަކާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ބަދަލުގައި އަންނަ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ ހުށަހަޅަންވާނެއެވެ.

  5. ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2020 ޑިސެންބަރު 15 ވާ އަންގާރަ ދުވަހުގެ 11:00 ގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.

  6. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް ލިބިލައްވާނީ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށެވެ.

  7. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

  ހއ. އަތޮޅު ތަޢުލީމީ މަރުކަޒު

  ޝާރިޢުލްއމީނު މަގު، ދިއްދޫ، ދިވެހިރާއްޖެ.

  ފޯން:  6500014, 6500076

  އީ-މެއިލް: [email protected],mv

 ކޮޕީ އީ-މެއިލް: [email protected]

01 ޑިސެންބަރު 2020
ހޯދާ