ކަނޑޫދޫ ސްކޫލް
ދިވެހިރާއްޖެ
2021 ވަނަ އަަހަރު ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

މި އިޢުލާންވަނީ 16 ޑިސެންބަރު 2020 12:18 ގައި ބާތިލް ކުރެވިފައެވެ.


ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

 

  މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

  މި މަސައްކަތަށް ކުރިމަތި ލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( 2014 / 18 ) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ކުންފުނި ތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( 2014 / 19 ) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށާއި ޖަމްއިއްޔާ ތަކާ ބެހޭ ޤާނޫނު ނަންބަރު ( 2013 / 1 ) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ޖަމާއަތްތަކަށެވެ.

  ވިމާ 1 ޖެނުއަރީ 2021 އިން 31 ޑިސެމްބަރ 2021 އަށް މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 07 ޑިސެމްބަރ 2020 ވާ ހޯމަ ދުވަހު 11:00 އަށް މިސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 14 ޑިސެމްބަރ 2020 ވާ ހޯމަ ދުވަހުގެ 11:00 އަށް މިސްކޫލަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

  މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުންނާއި ގަޑިޖެހުމަށްފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެއެވެ.

  އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން މިސްކޫލުގެ ފޯނު ނަންބަރު 6780573 އާއި ގުޅުއްވުން އެދެމެވެ.

 

01 ޑިސެމްބަރ 2020

01 ޑިސެންބަރު 2020
ހޯދާ