މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.ދުވާފަރު 44.03 ގެ ރަޖިސްޓްރީ ކުރުމާއިބެހޭ:

އިޢުލާން

ރ.ދުވާފަރު 44.03 ގެ ރަޖިސްޓްރީ ކުރުމާއިބެހޭ:

                       ރ. ދުވާފަރު 44.03 ނަމްބަރުގޭ ރ. ކަނދޮޅުދޫ ރަބީޢުގެ، ޙަސަން ޢަބްދުއްރަޙްމާންގެ ނަމުގައި ރަޖިސްޓްރީކޮށް ދިނުމަށްއެދި މި އިދާރާއަށްވަނީ ހުށަހަޅާފައެވެ. މިގޭ އެފަރާތުގެ ނަމުގައި ރަޖިސްޓްރީކޮށް ދިނުމުގެ ކުރިން މިގެއާއިބެހޭ ގޮތުން އެއްވެސް މައްސަލައެއް އަދި ޝަކުވާއެއް އެއްވެސް ފަރާތަކުން ހުށަހަޅަން ބޭނުންވާނަމަ، ނުވަތަ އެއްވެސް ފަރާތަކުން ޝަރީއަތަށް މިގެއާއިބެހޭ ގޮތުން އެއްވެސް މައްސަލައެއް ހުށަހަޅަފައިވާނަމަ އެކަން މިއަދުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި މި އިދާރާއަށް އެންގެވެން އެދެމެއެވެ.

                      މިމުއްދަތުގެ ތެރޭގައި އެއްވެސް ފަރާތަކުން އެފަދަ ކަމެއް މިއިދާރާއަށް ހުށަހަޅާފައިނުވާނަމަ،  އެފަދަ ކަމެއްނެތީ ކަމަށް ބަލައި، ރ. ދުވާފަރު 44.03 ނަމްބަރުގޭ ރ. ކަނދޮޅުދޫ ރަބީޢުގެ، ޙަސަން ޢަބްދުއްރަޙްމާންގެ ނަމުގައި ރަޖިސްޓްރީކޮށް ދިނުމުގެ އެންމެހައި ކަންކަން ކުރިއަށް ގެންދެވޭނެކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

 

                       15 ރަބީޢުލްއާޙިރު 1442

                       30 ނޮވެމްބަރ 2020

                 

                                                              ޒުހުރާ އަބްދުﷲ   

                                                       ރ. ދުވާފަރު ކައުންސިލް މެމްބަރ

30 ނޮވެންބަރު 2020
ހޯދާ