ހައްދުންމަތީ މުންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލ.ބޮކަތްފުށި ކުއްޔަށް ދޫކުރުމާއި ގުޅޭ(.)

   ޤާނޫނު ނަންބަރ.2010/7 (ދިވެހިރާއްޖޭގެ އިދާރާ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) އަށް 8 ވަނަ އިސްލާޚުގެނައުމުގެ ޤާނޫނު 2019/24 މި ޤާނޫނު) ގެ 56.1 ގެ (ށ) ގައި ބަޔާންކުރާ ގޮތުގެމަތިން ހައްދުންމަތީ މުންޑޫ ކައުންސިލުގެ އިޚުތިޞާޞްގެ ތެރޭގައިވާ  ލ . ބޮކަތްފުށި 6 (ހައެއް)މަސްދުވަހަށް ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. އަދި މިރަށް ކުއްޔަށް ދިނުމަގައި ބެލެވޭނީ މި އިޢުލާންއާއި ރަށް ކުއްޔަށް ހިފުމައް އެދޭ ފަރާތްތަކުން ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ޕްރޮޕޯސަލްއެއް ހުށަހަޅާ ފަރާތްތަކަށް ގިނަ ޕޮއިންޓް ދޭ އުސޫލުންނެއެވެ. މި ރަށް ކުއްޔަށް ދިނުމުގައި ޕޮއިންޓް ދެވޭނެ އުސޫލް ތިރީގައި އެވަނީއެވެ.

#

ތަފްސީލް

ގިނަވެގެން ދެވޭނެ ޕޮއިންޓް

1

ރަށުންކުރާ އިޤްތިޞާދީ މަސައްކަތްތަކަށް 5 ޕޮއިންޓް (ފަތުރުވެރިކަން ފިޔަވައި)

30

2

ރަށުގެ ކުލި

15

3

ސީ.އެސް.އާރްގެ ދަށުން ލ.މުންޑޫ އަށް ކޮށްދޭނެ ކަންކަން ކޮންމެ ކަމަކަށް 5 ޕޮއިންޓް

30

4

ތަޖުރިބާ އަދި މާލީ ޤާބިލްކަމަށް

10

5

ލ.ބޮކަތްފުށީގެ ތިމާވެށި ދިރުވާ އާލާކޮށް ތިމާވެށިރައްކާތެރިކުރުމަށްޓަކައި ކުރުމަށް ހުށަހަޅާ ކަންކަން، ( ހުށައަޅާ ކޮންމެ ކަމަކަށް 5 ޕޮއިންޓް)

10

 

ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން  ތިރީގައިވާ ގަޑިތަކަށް ހާޒިރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

ތަފްސީލް

ތަން

ތާރީޙް

ގަޑި

ދުވަސް

ޕްރީ ބިޑް މީޓީން

މުންޑޫ ކައުންސިލްގެ އިދާރާ

09 ޑިސެމްބަރ 2020

10:00

ބުދަ

ބިޑް މީޓިން

މުންޑޫ ކައުންސިލްގެ އިދާރާ

22 ޑިސެމްބަރ 2020

11:00

އަންގާރަ

 ޕްރީ ބިޑް މީޓިންގައި ބައިވެރިވެވޭނީ  މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓްގައި ރަޖިސްޓްރީ ކޮށްފައިފާ ކުންފުންޔަކަށް ނުވަތަ ވިޔަފާރިއަކަށްށެވެ. އަދި ބަދަލުގައި އެހެން ފަރާތަކުން  ހާޞިރުވާނަމަ ސިޓީއެއް ހުށައަޅަން ވާނެއެވެ. ޕްރީ ބިޑް މީޓިންގައި ބައިވެރި ނުވާ ފަރާތްތަކަށް ބިޑް މީޓިންގައި ބިޑް ހުށައެޅުމުގެ ފުރުސަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.

29 ނޮވެންބަރު 2020
ހޯދާ