މޯލްޑިވްސް ގާރލް ގައިޑްސް އެސޯސިއޭޝަން
ދިވެހިރާއްޖެ
ފައިނޭންސް އެންޑް އެޑްމިން އޮފިސަރ

މި އިޢުލާންވަނީ 30 ނޮވެންބަރު 2020 17:48 ގައި ބާތިލް ކުރެވިފައެވެ.


މޯލްޑިވްސް ގާރލްގައިޑްސް އެސޯސިއޭޝަން

ހ. ކްރެސެންޓް މޫން

   މާލެ

 ދިވެހިރާއްޖެ

 

ތާރީޙް: 29 ނޮވެމްބަރ 2020                                   ނަންބަރު: MGGA/ IUL/ 2020-01

މުވައްޒަފުން ބޭނުންވާ މަޤާމްތައް

 

މަޤާމުގެ ނަން:  ފައިނޭންސް އެންޑް އެޑްމިން އޮފިސަރ އޮފީސް:  މޯލްޑިވްސް ގާރލް ގައިޑްސް އެސޯސިއޭޝަން

މުސާރަ:       -/4465      ސަރވިސް އެލަވަންސް: -/1500        ރިސްކް އެލަވަންސް: -/1500  

އަދަދު:       01 (އެކެއް)                ވަޒީފާއަދާކުރަންޖެހޭ ސެކްޝަން: ފައިނޭންސް އެންޑް އެޑްމިން

ވަޒީފާއަދާކުރަންޖެހޭ ތަން:             މޯލްޑިވްސް ގާރލް ގައިޑް އެސޯސިއޭޝަން / ކ. މާލެ       

ރޭންކް: ޖީ. އެސް 3                       ކްލެސިފިކޭޝަން:      އޮފިސަރ ގްރޭޑް 1       

މަޤާމުގެ ޝަރުތު: 

  1. ފައިނޭންސް / މެނޭޖްމަންޓް ނުވަތަ މިއާއި ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ،

  1. ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'އެކައުންޓް' ނުވަތަ 'ބިޒްނަސް' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

 

އެހެނިހެން އިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭނަމަ ހަމަޖެހިފައި އޮންނަ އުސޫލާ އެއްގޮތަށް އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

  1. އެސޯސިއޭޝަން އިން ކުރަންޖެހޭ އެންމެހާ ޚަރަދުތައް މާލިއްޔަތާއި ބެހޭ ޤަވާޢިދާއި އެއްގޮތަށް ޚަރަދުކޮށް ބެލެހެއްޓުމާއި އެކަމާ ބެހޭ އެންމެހާ ލިޔުންތައް ޤަވާޢިދުން ފައިލްކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުން.
  2. އެސޯސިއޭޝަންގެ ޕެޓީކޭޝް ފައިސާ މާލިއްޔަތުގެ ޤަވާޢިދުގައި ވާ ގޮތުގެ މަތިން ބެލެހެއްޓުން
  3. އެސޯސިއޭޝަންގެ އާމްދަނީ ފައިސާ މާލިއްޔަތުގެ ޤަވާޢިދުގައި ވާ ގޮތުގެ މަތިން ބަލައިގަނެ، އާމްދަނީ ފައިސާގެ ރިޕޯޓް ތައްޔާރުކޮށް ފައިލްކުރުން.
  4. އެސޯސިއޭޝަންއަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ކުރަން ޖެހޭ މަސައްކަތްތައްކޮށް އެކަންބަލަހައްޓާ ރިޕޯޓްކުރުން.
  5. ކޮންމެ މީލާދީ އަހަރެއް ނިމޭއިރު ހަދަންޖެހޭ މާލީ ބަޔާންތައް ފުރިހަމަކޮށް ފިނޭންސް މިނިސްޓްރީއިން އެކުލަވާލާފައިވާ ތާވަލްއާއި އެއްގޮތަށް ނިންމާ އެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީއަށް ހުށަހެޅުން.
  6. ބޭރުގެ އެހީ ލިބިގެން ޚަރަދުކުރާ އެކައުންޓްތަކުގެ ޚަރަދު ރިޕޯޓް ހެދުން
  7. އައުޓްސްޓޭންޑިންގ ސްޓޭޓްމަންޓްތަކުގެ ބިލްތަކަށް ފައިސާ ދެއްކިފައިވޭތޯ ޗެކްކުރުން.
  8. ބިލްތަކުގެ ޑޮކިއުމަންޓްތަށް ހަމަތޯ ބެލުމަށްފަހު ޕޭމަންޓް ވައުޗަރ ހެދުން
  9. އެސޯސިއޭޝަންއިން ހިންގާ ހަރަކާތްތަކުގެ ފައިސާގެ ކަންކަން ބެލެހެއެޓުން.
  10. އެމުވައްޒަފެއް ކުރާ މަސައްކަތަކާ ގުޅުންހުރި އެންމެހާ ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުން
  11. ސިޓީ/ މެމޯ ޑްރާފްކުރުމާއި ފޮނުވުން
  12. ކްރެޑިޓްގެ ގޮތުގައި ތަކެތި ދޫކުރެވޭ ފަރާތްތަކަށް ކްރެޑިޓްގެ ޚިދުމަތްދޭ ލިޔެކިޔުންތަކަށް ބިލް ހެދުން.
  13. ޑެއިލީ ކަލެކްޝަނާއި ބެހޭ ޓްރާންސެކްޝަންތައް ދުވަހުން ދުވަހަށް އެންޓަރ ކުރުވުން
  14. އެކި ސްކޫލްތަކުން ފޮނުވާ ސިޓީ ތަކަށް ޖަވާބުދިނުން
  15. މުވައްޒަފުންގެ މުސާރަދިނުމަށް ބޭނުންވާ ޙާޟިރީ ރިޕޯޓާއި އިތުރުގަޑީގެ ރިޕޯޓް އަދި އެހެނިހެން ލިޔެކިޔުންތައް ތައްޔާރުކުރުމާއެކު މުވައްޒަފުންގެ މުސާރައާއި އެހެނިހެން އިނާޔަތްތައް ޤަވާޢިދުން ދެމުން ގެންދިއުމާއި، ޤަވާއިދުން އެކަންތައްތަކާއި ބެހޭ ރެކޯޑްތައް ބެލެހެއްޓުން. 
  16. އެސޯސިއޭޝަނުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި އެސޯސިއޭޝަންގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.
  17. އެގްޒެކެޓިވް ކޮމިޓީ ބައްދަލުވުންތައް އިންތިޒާމް ކުރުމާއި ޔައުމިއްޔާ ލިޔުން.
  18. އެސޯސިއޭޝަން އިމާރާތާއި ތަކެއްޗައް އެއްވެސް ގެއްލުމެއް ލިބިއްޖެނަމަ ލަސްނުކޮށް ސުޕަވައިޒަރަށް އަންގާ، ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން އެކަމެއްހައްލުކުރުމާއި އިމާރާތާއި ގޯތިތެރެ ޤާވާއިދުން ސާފު ކުރޭތޯބަލައި ޗެކްކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ތައުލީމާއި ތަމްރީން ލިބިފައިވާ މިންވަރު
  2. މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު
  3. މަސައްކަތުގެ ހުނަރާއި ފެންވަރާއި، ގާބިލް ކަމާއި ސިފަތައް.
  4. މަސައްކަތައް ހުރި ޝައުގުވެރިކަން
  5. ޤާބިލުކަން ބެލުމަށް އިންޓަރވިއު ކުރުން

ހުށަހަޅަންޖެހޭ ތަކެތި:

  1. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
  2. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ސުންގަޑި:

މިމަޤާމަށް ޝައުގުވެރިވާ، ޝަރުތުފުރިހަމަވާ ފަރާތްތަކުން 3 ޑިސެމްބަރ 2020 ވާ ބުރާސްފަތިދުވަހުގެ މެންދުރު 14.00 ގެ ކުރިން މަތީގައި ބަޔާންކުރެވިފައިވާ ތަކެތި މި އެސޯސިއޭޝަނަށް ހުށަހެޅުއްވުން އެދެމެވެ.

 ނޯޓް:

-          މިމަޤާމަށް މީހަކު ނެގުމަށް ހަމަޖެހިފައިވަނީ އިންޓަވިއު ކުރުމަށްފަހުގައެވެ. އިއުލާންގެ މުއްދަތު ހަމަވާތާ 07 ދުވަހުގެތެރޭގައި އިންޓަރވިއު ބާއްވާނެ ތާރީޙާއި ވަގުތެއް އެންގޭނެއެވެ. އިންޓަރވިއު އޮންނާނީ މޯލްޑިވްސް ގާރލް ގައިޑް އެސޯސިއޭޝަން ގައެވެ

-          އަދި މިމަޤާމަށް އެދިފައިވާ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތައުލީމީ ފެންވަރާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ކަނޑައަޅާ ކްރައިޓީރިއާއެއްގެ ދަށުން، ޝޯޓް ލިސްޓު ކުރެވޭނެއެވެ. އަދި އިންޓަވިއު ކުރެވޭނީ ޝޯޓް ލިސްޓު ކުރާއިރު ހޮވޭފަރާތްތަކާއެވެ.

-          އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުނަމަ 3317932 ނަމްބަރާ ގުޅުއްވުން އެދެމެވެ.

30 ނޮވެންބަރު 2020
ހޯދާ