ހިރިމަރަދޫ ސުކޫލް، ހދ. ހިރިމަރަދޫ
ދިވެހިރާއްޖެ
2021ވަނަ އަހަރު މިސުކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

ހިރިމަރަދޫ ސުކޫލް

ހދ.ހިރިމަރަދޫ، ދިވެހިރާއްޖެ

ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް


ކޮންޓްރެކްޓް އުސޫލުން 2021 ވަނަ އަހަރު މިސްކޫލްގެ (ހިރިމަރަދޫ ސުކޫލް) ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދަން ބޭނުން ވެއެވެ.

 މި މަސައްކަތާއި ގުޅޭގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ  2020 ޑިސެމްބަރ 09 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި ހިރިމަރަދޫ ސްކޫލް އޮފީހުގައެވެ.

ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2020 ޑިސެމްބަރ 15 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:30 ގައި ހިރިމަރަދޫ ސްކޫލް އޮފީހުގައެވެ.

           އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، މި ސްކޫލްގެ ފޯން ނަންބަރ 6520536 ގުޅުއްވާ މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.

އީމެއިލް: [email protected]

 ނޯޓް: މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (2014/18) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (2014/19) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

             މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

30 ނޮވެމްބަރ 2020

 

30 ނޮވެންބަރު 2020
ހޯދާ