އިރުޝާދިއްޔާ ސްކޫލް
ދިވެހިރާއްޖެ
2021 ވަނަ އަހަަރުގެ ސެކިއުރިޓީ ބެލެހެއްޓުން

ނަންބަރ: GS41-IUL/2020/06

 

އިޢުލާން

 

 

2021 ވަނަ އަހަރުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން:

     

          01 ޖެނުއަރީ 2021 އިން 31 ޑިސެމްބަރ 2021 އަށް، މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައި ދިނުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު، ޝަރުޠު ހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.

 

           މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/18)ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (2014/19) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

    ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2020ޑިސެންބަރު 1 ން 7 އަށް ބަންދު ނޫން ކޮންމެ ދުވަހަކު 9:00 އިން 12:00 އާއި ދެމެދު މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ. ނަންނޯޓް ކުރާ ގަޑީގައި މަޢުލޫމާތު ކަރުދާސް ދޫކުރެވޭނެއެވެ. މިމަސައްކަތާއި ގުޅޭ އިތުރު މަޢުލޫމާތު ހިމެނޭ "މަޢުލޫމާތު ޝީޓް" މި އިޢުލާނާއި އެކު އެޓޭޗް ކުރެވިފައި ވާނެއެވެ.  

  މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 07 ޑިސެންބަރު 2020 ވާ ހޯމަ ދުވަހުގެ 10:00 ގެކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 

    ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 08 ޑިސެންބަރު 2020 ވާ އަންގާރަ  ދުވަހުގެ 11:00 ގައެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

އިރުޝާދިއްޔާ ސްކޫލް

ފޯން: 6891618

އީ-މެއިލް: [email protected]

 

15 ރަބިޢުލް އާޚިރު 1442

30   ނޮވެންބަރު  2020              

30 ނޮވެންބަރު 2020
ހޯދާ