އއ. މާޅޮހު ސްކޫލް
ދިވެހިރާއްޖެ
އައުޓްސޯސްކޮށް ސެކިއުރިޓީ ބަލަހައްޓަދޭނެ ފަރާތެއް ހޯދުމާއިބެހޭ

ައުޓްސޯސްކޮށް ސެކިއުރިޓީ ބަލަހައްޓަދޭނެ ފަރާތެއް ހޯދުމާއިބެހޭ

މައުލޫމާތު ދިނުމުގެ ސެޝަނަށް ބައިވެރިވުމަށް ނަންނޯޓްކުރުން

މަޢުލޫމާތު ދިނުމުގެ ސެޝަން

އަންދާސީހިސާބު ހުށަހެޅުމާއި ކެނޑުން

03 ޑިސެމްބަރ 2020 ވަނަދުވަހުގެ 10:00

ގެ ކުރިން

03ޑިސެމްބަރ 2020 ވަނަ ދުވަހުގެ 11:00ގެ ކުރިން

10 ޑިސެމްބަރ 2020 ވަނަ ދުވަހު 11:00

01 އަހަރު ދުވަހުގެ މުއްދަތަށް މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް 18 ނޮވެމްބަރު 2020 ގައި ކުރި އިއުލާން ބާތިލުކޮށް މި މަސައްކަތައް އަލުން އިއުލާން ކުރަމެވެ.  ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިސްކޫލުގެ އޮފީހަށް ދުރުވެ މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެލެއްވުމަށްފަހު، ކަނޑައެޅިފައިވާ ގަޑިއަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ސްކޫލުގެ އޮފީހަށް ދުރުވެދެއްވުން އެދެމެވެ. މިކަމަށް އެދި ހުށައަޅުއްވާ ސިޓީއުރައިގެ ބޭރުގައި "ސެކިއުރިޓީ ބަލަހައްޓައި ދިނުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ.

ކުންފުނި، އިންވެސްޓްމަންޓް އަދި ވިޔަފާރި ފަދަ ތަނަކުން މަޢުލޫމާތު ސާފުކުރުމަށާއި ބީލަން ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކުން އެ ބޭފުޅަކު ތަމްސީލު ކުރަނީ ކޮން ކުންފުންޏެއް، އިންވެސްޓްމަންޓެއް އަދި ވިޔަފާރިއެއްކަން އެނގޭނެ ސިޓީއެއް ހުށަހަޅަންވާނެއެވެ. މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014)ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ކުންފުނިތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކެވެ. އަދި މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއެއް ގެންނެވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައްޔާއި، ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލު ކުރެވޭނީ 1 ފަރާތެވެ. މި ބިޑައް ރަޖިސްޓްރީ ނުވާ ފަރާތްތަކާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މައުލޫމާތު ސާފުކުރެއްވުމަށް އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ އެކަން އެނގޭނެ ލިޔުމަކާއި އެކު ބޭފުޅަކު ފޮނުވުމަށް ދަންނަވަމެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6660844/7849848 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ[email protected]އަށެވެ.        

              14 ރަބީޢުލްއާޚިރް 1442

                   29  ނޮވެމްބަރ   2020

ފާތިމަތު ޝިމާނާ      

ޕްރިންސިޕަލް       

29 ނޮވެންބަރު 2020
ހޯދާ