ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އިދާރާގެ 5 އެއާރކޮން ސާރވިސް ކޮށްދޭނެ ފަރާތެއް ޙޯދުމަށް

                 ހއ.ބާރަށު ކައުންސިލް އިދާރާގައި މިހާރު ބޭނުންކުރަމުންދާ 05 އެއާރކޯން ސާރވިސް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

                 ވީމާ މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޙަށް ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޙަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާނީ

29 ނޮވެމްބަރު 2020 (އާދީއްތަ) ދުވަހުގެ 11:00 އަށް.

އަންދާސީ ހިސާބު ހުށަހެޅުމަށް ހާޒިރުވާނީ

01 ޑިސެމްބަރު 2020 (އަންގާރަ) ދުވަހުގެ 11:00 އަށް.

 

                މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ހިފައިގެން ހާޟިރުވުން އެދެމެވެ. އަދި މައުލޫމާތު ސާފުކުރަން ޙާޟިރު ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކާއި ދެންނެވީމެވެ.   

                

          

                ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކާއި އިޢުލާން ކުރީމެވެ.

                07 ރަބީޢުލްއާޙިރު 1442

                 22 ނޮވެމްބަރު 2020

 

                                                    

22 ނޮވެންބަރު 2020
ހޯދާ