އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަރަދޫ ޓޫރިޒަމް ޒޯނުގައި މަސައްކަތްކުރުމަށްޓަކައި އެސަރަހައްދަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާއި ގުޅޭ

އިޢުލާން 

                 މަރަދޫ ޓޫރިޒަމް ޒޯންގައި އޮތް ވީރާނާވެފައިވާ ދޯންޏެއް ނެގުމަށް އެ ދޯނީގެ ވެރިފަރާތް ކަމުގައިވާ ސ.މަރަދޫ، ވައިލެޓްވިލާ/ އަޝްރަފް ސަޢީދަށް ތަކުރާރުކޮށް ދެންނެވުމުން ވެސް އެދޯނި އެތަނުން ނަގާފައި ނުވެއެވެ. މިއީ މީގެ 12 އަހަރުކުރިން އޮޑިހަރުގެއެއް އެޅުމަށް 2 އަހަރުގެ މުއްދަތަށް ދޫކުރެވުނު ހުއްދައިގެ ދަށުން ބަންނަން ފެށި ދޯންޏެކެވެ. އެދޯނި އެތަނުގައި އޮތުމުން މަރަދޫ ޓޫރިޒަމް ޒޯންގެ ޢަމަލީ މަސައްކަތް ފެށުމަށް ދަތިތަކާއި ކުރިމަތިލާންވަނީ ޖެހިފައެވެ.

                ގަވާއިދު ނަންބަރު 2019/R-984 (އާންމުތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލައިފައިވާ ތަކެތި ނެގުމާބެހޭ ގަވާއިދު) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މަރަދޫ ޓޫރިޒަމް ޒޯންގައި އޮތް ވީރާނާވެފައިވާ ދޯންޏަކީ ދޫކޮށްލައިފައިވާ އެއްޗެއްކަމުގައި ކައުންސިލްގެ އިދާރާއިން ކަނޑައަޅާފައިވެއެވެ. އެހެންކަމުން މިއަދުން ފެށިގެން 7 ދުވަހުގެ ތެރޭގައި މި އިދާރާއިން މި ދޯނި އެސަރަހައްދުން ނެގުމުގެ މަސައްކަތް ކުރާނެ ވާހަކަ އަންގަމެވެ. އަދި ކައުންސިލުން މިދޯނި ގެންދިއުމުގައި ލިބޭ ގެއްލުމަކަށް ޒިންމާނުވާނެ ވާހަކަ އެންގީމެވެ. އަދި ބުނެވިދިޔަ ގަވާއިދުގައިވާ ގޮތުގެމަތިން މިއިދާރާއިން ޢަމަލުކުރާނެ ވާހަކަ ވެސް ޢާއްމުކޮށް އެންގީމެވެ.

08 ރަބީޢުލްއާޚިރު 1442

23 ނޮވެންބަރު 2020
ހޯދާ