މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަކުދިންގެ ޕާކަށް ބޭނުންވާ ތަކެތި ހޯދުން:

ކެނދިކުޅުދޫ ކައުންސިލުން ދުކުރާ ސްޕެސިފިކޭޝަން އާއިއެއްގޮތަށް، ކުޑަކުދިންގެ ޕާކަށް ބޭނުންވާ ސާމާނު ސަޕްލައިކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ މިމަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މިބިޑްގައި ބައިވެރިވުމަށް ދަޢުވަތު އަރުވަމެވެ. މިބިޑަށް ކުރިމަތިލައްވާ ފަރާތްތަކުން މިބިޑްގައި ރެސްޓްރީ ވާންޖެހޭނެއެވެ. ރެޖިސްޓްރީ ނުވާފަރާތްތަކަށް ބިޑްގައި ބައިވެރިވުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. ރެޖިސްޓްރީވުން ކުރިއަށް ގެންދެވޭނީ 23 ނޮވެމްބަރ 2020ވާ ހޯމަ ދުވަހުން ފެށިގެން 29 ނޮވެމްބަރ 2020 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ނިޔަލަށެވް. ރެޖިސްޓްރޭޝަން ފީގެ ގޮތުގައި -/100 ރުފިޔާ ދައްކަން ޖެހޭނެއެވެ. ބިޑް ހުޅުވުން އޮންނާނީ ، 09 ޑިސެމްބަރ 2020 ވާ ބުދަ ދުވަހުގެ 13 ؛00 ގައި މިކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.

ބިޑް ހުށަހެޅުމާއި ބިޑް ރެޖިސްޓްރީވުން އަދި ރެޖިސްޓްރޭޝަން ފީ އޮންލައިންކޮށް ކުރިއަށް ގެންދެވޭނެއެވެ. ރެޖިސްޓްރޭޝަން ފީ ކައުންސިލްގެ އެކައުންޓް ނަމްބަރ އަށް ޖަމާކޮށް ސްލިޕްކޮޅު ވައިބަރ ކޮށްލެއްވުމުން އެދިލައްވާ މެއިލަކަށް ބިޑް ޑޮކިޔުމަންޓްތައް މެއިލް ކޮށްލެވޭނެއެވެ.

މިބިޑާއިގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން ، ރަސްމީގަޑީގައި 6560013 ފޯނާ ގުޅުއްވުން އެދެވެމެ. އަދި  ނުރަސްމީ ގަޑީގައި  9726607 މޮބައިލް ފޯނާއި ގުޅުއްވުމަށް ދަންނަވަމެވެ.

އެކައުންޓް ނަންބަރ: 7720700434001  

އީމެއިލް: [email protected]  

22 ނޮވެންބަރު 2020
ހޯދާ