ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ލީގަލް އޮފިސަރ

މަޤާމް :ލީގަލް އޮފިސަރ
ބޭނުންވާ އަދަދު :1

FAM/HR/IUL/2020/1007 އިޢުލާން ނަންބަރު:

 

އިޢުލާން

ވަޒީފާގެ ފުރުޞަތު

 

މަޤާމް

ލީގަލް އޮފިސަރ   

ބޭނުންވާ ޢަދަދު

1

 

މުސާރަ އެލަވަންސް އާއި އެކު

-/8000 އާއި -/15000 ދެމެދު  

އޮފީސް

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް

ޑިޕާރޓްމަންޓް

ލީގަލް ޑިޕާރޓްމަންޓް

މަޤާމުގެ ކްލެސިފިކޭޝަން

އޮފިސަރ

މަޤާމުގެ ޝަރުތުތައް

 

ލޯ ނުވަތަ ޝަރީއާއިން ލޯ ގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

 

މަޤާމުގެ މަސްއޫލިއްޔަތު

  • ފުޓްބޯލަ އެސޯސިއޭޝަން އިން ޤާނޫނީ ލަފާ ބޭނުންވާ އެންމެހައި ކަމެއްގައި ޤާނޫނީ ލަފާ ދިނުން.
  • ފުޓްބޯލަ އެސޯސިއޭޝަންއާއި ގުޅުންހުރި ޤާނޫނުތަކުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހެދުމުގައްޔާއި އެ ގަވާއިދުތަކަށް ގާނޫނީ ބާރު ހޯދުމަށް ކުރަންޖެހޭ މަސައްކަތް ކުރުމުގައި ސަރުކާރުގެ އެހެން މުއައްސަސާތަކާއި ގުޅިގެން މަސައްކަތްކުރުން.
  • ޤާނޫނުތަކާއި ގަވާއިދުތަކަށް އަދި ހާލަތަށް އަންނަ ބަދަލުތައް ދިރާސާކޮށް އެކަމާއި ގުޅިގެން މުރާޖަޢާ ކުރަންޖެހޭ ހޮސްޕިޓަލުގެ އުޞޫލުތަކާއި އިޖުރާއަތްތަކާއި ބެހޭ ލަފާ އިސްވެދިނުން.
  • ފުޓްބޯލަ އެސޯސިއޭޝަން އިން ތަހުގީގުކުރާ މައްސަލަތަކުގައި އެހީތެރިކަން ދިނުން.
  • ހޮސްޕިޓަލުގެ އެކި ކަންކަމާއި ގުޅޭގޮތުން މުވައްޒަފުން ހުށަހަޅާ މައްސަލަތައް ބެލުމުގައި އެހީތެރިކަން ދިނުން.
  • މަސައްކަތާއި ގުޅޭގޮތުން ފުޓްބޯލަ އެސޯސިއޭޝަން އިން ހަވާލުކުރާ އެހެނިހެންވެސް ރަސްމީ އެންމެހާ މަސައްކަތްތައް ކުރުން.
  • ފުޓްބޯލަ އެސޯސިއޭޝަންއާއި ގުޅުންހުރި ޤާނޫނީ މައްސަލަތަކުގައި އެސޯސިއޭޝަން ތަމްސީލު ކުރުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  • ގާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން ފުޓްބޯލަ އެސޯސިއޭޝަން އިން އެކުލަވާލާ ތަފާތު އުޞޫލުތަކާއި އިޖުރާއަތްތައް އެކުލަވާލުމުގައި ކަމާބެހޭ ޑިޕާޓްމަންޓުތަކަށް އެހީތެރިވެދިނުން.

ހުށަހަޅަންޖެހޭ ތަކެތި

  • މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ކުރިމަތިލާ ފަރާތުގެ ވަނަވަރު
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ. މިމަޤާމަށް ހޮވޭ މުވައްޒަފަކު މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާނީ ހެނދުނު 08:00 އިން  15:00 އަށެވެ.

ސިޓީ ފޮނުވަންވީ ތާރީޚް

  • މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު 2020 ޑިސެމްބަރ 10 ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3327868،7793977 ނަންބަރު ފޯނާއެވެ.

މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި،  އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު އެސޯސިއޭޝަންއަށް ލިބިގެންވެއެވެ.

 

 

 

23 ނޮވެމްބަރ  2020

 

 

23 ނޮވެންބަރު 2020
ހޯދާ