ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
ހުޅުމާލެ ހޮސްޕިޓަލަށް ކޮންފަރެންސް ކެމެރާއެއް ހޯދުމާއިބެހޭ

ހުޅުމާލެ ހޮސްޕިޓަލަށް ކޮންފަރެންސް ކެމެރާއެއް ހޯދުމާއިބެހޭ

ނަމްބަރު:TENDER/HMH/2020/032

ހުޅުމާލެ ހޮސްޕިޓަލަށް ބޭނުން އައިޓީއާއި ގުޅުންހުރި ބައެއް ތަކެތި ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ތިރީގައި މިވަނީ ބޭނުންވާ އައިޓަމްގެ ތަފްސީލެވެ.

ހޯދަން ބޭނުން ތަކެތީގެ ތަފްސީލް:

 

Quantity

UoM

Item

01

EA

Conference Camera

Below mentioned features are the requirement. Proposals without mentioning the specific details will be rejected.

1. CAMERA / VIDEO QUALITY

  • Smooth motorized pan, tilt and zoom, controlled from remote or console
  • 260° pan, 130° tilt 10x lossless HD zoom 90° Field of View
  • Full HD 1080p 30fps
  • H.264 UVC 1.5 with Scalable Video Coding (SVC) Autofocus
  • 5 camera presets
  • Far-end control (PTZ) of ConferenceCam products Kensington security slot
  • LED to confirm video streaming Standard tripod thread

2. REMOTE CONTROL

  • Dockable
  • 8.5 m/28-foot range

3. SPEAKERPHONE / AUDIO QUALITY

  • Full-duplex performance Acoustic echo cancellation Noise reduction technology Ultra-wideband audio
  • Bluetooth and NFC wireless technology LCD for caller ID, call duration and other functional response
  • LEDs for speakerphone streaming, mute, hold, and Bluetooth wireless paring
  • Touch controls for call answer/end, volume and mute, Bluetooth – plus camera PTZ, “home” preset and farend control Microphones (Tx)
  • Four omni-directional microphones supporting 20-foot diameter range
  • Frequency response: 100Hz – 11KHz Sensitivity: -28dB +/-3dB
  • Distortion: <1% @ 1KHz at 106dB Speakers (Rx)
  • Frequency response: 120Hz – 14KHz Sensitivity: 83dBSPL +/-3dB at 1W/1M Max output: 91dBSPL
  • Distortion: <5% from 200Hz Kensington security slot

4. HUB / CABLE / MIC

  • Central mountable hub for connection of all components
  • Included adhesive solution for under-table mounting Two cables for connection between hub and camera/ speakerphone (Length: 5 m/16’)
  • One USB cable for connection to PC/Mac
  • (Length: 3 m/9.8’)
  • AC Power adapter (Length: 3 m/9.8’)
  • MOUNT: Dual purpose mount for wall placement or for elevating the camera on a table
  • Expansion Mics (1 pair) with cable

5.      COMPLIANCE AND TOOLS

  • USB 2.0 compliant
  • UVC-compliant video and audio for broad application compatibility
  • Certified for Skype for Business, Cisco compatible4, and enhanced integration with Logitech Collaboration Program (LCP) members5
  • Downloadable diagnostic tool Field upgradeable firmware tool
  • Downloadable app plug-ins for advanced feature support

 

 

1. އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް

 

1.1  މަތީގައި ދީފައިވާ މަޢުލޫމާތާއި އެއްގޮތްވާގޮތުގެމަތީން އައިޓަމްތަކަށް އަގު ހުށަހެޅުން.

 

1.2  އަގު ހުށަހަޅަންވާނީ ކޮންފަރެންސް ކެމެރާގެ ރިކުއަޔަމަންޓްގެ ގޮތުގައި ފާހަގަކޮށްފައިވާ ބައިތަށް (ފީޗާރސް) ހިމެނޭ ސިސްޓަމަކަށެވެ. މި ބައިތަށް (ފީޗާރސް) ނުހިމެނޭ ޕްރޮޕޯސަލްތަށް ބާތިލްވާނެއެވެ.

 

1.3  ކޮންފަރެންސް ކެމެރާ ސަޕްލައިކޮށްދޭ ފަރާތުން މިތަކެތީގެ ސެޓްއަޕް / އިންސްޓޯލޭޝަން ހޮސްޕިޓަލުން ދައްކާ ތަނެއްގައި ހަދައިދޭންޖެހޭނެއެވެ.

 

1.4  ޕްރޮޕޯސަލް ހުށަހަޅާ އައިޓަމަށް މަދުވެގެން 1 (އެކެއް) އަހަރުދުވަހުގެ ވޮރެންޓީއެއް ހުށަހަޅަންވާނެއެވެ.

 

1.5  ޕްރޮޕޯސަލް ހުށަހަޅުއްވާއިރު ހުށަހަޅާ ބްރޭންޑްގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރ ޝިޕް ލިޔުން ހުޅަހަޅާންވާނެއެވެ. މި ލިޔުން ހުށަހަޅާނާޅުއްވާ ފަރާތުގެ ޕްރޮޕޯސަލްތައް ބާތިލުވާނެއެވެ.

 

(ނޯޓް: މި ނިންމުމަކީ މިހާތަނަށް ހޮސްޕިޓަލަށް ބީލަން އުސޫލުން ގަނެފައިވާ ބައެއް ތަކެތީގެ ސާރވިސިން އަދި ސްޕެއަރ ހޯދުމުގައި ކުރިމަތިލާޖެހިފައިވާ ދަތިތަކާއި،އެކަމަށް ކުރަންޖެހިފައިވާ ޚަރަދު ބޮޑުވުމުގެ ސަބަބުން ހޮސްޕިޓަލުގެ މެނޭޖްމަންޓުން ނިންމާފައިވާ ނިންމުމެކެވެ.)

 

2. ހުށަހަޅަންޖެހޭ ތަކެތި

 

2.1  އަންދާސީ ހިސާބު/ޕްރޮޕޯސަލް

 

2.1.1  މަސައްކަތުގެ އަގު

 

2.1.2  ހުށަހަޅާފައިވާ އަންދާސީ ހިސާބު ބާތިލުވާ މުއްދަތު މަދުވެގެން  30 (ތިރީސް) ދުވަސް ވާންވާނެއެވެ.

 

2.2  ކުންފުނީގެ މައުލޫމާތު

 

2.2.1  ކުންފުނީގެ ނަމާއި ފުރިހަމަ އެޑްރެސް، ފޯނު ،ފެކްސް އަދި އީމެއިލް އެޑްރެސް ބަޔާންކުރުން

 

2.2.2  ކުންފުނީގެ މެނޭޖަރ އިން ފެށިގެން މަތީގެ ފަރާތްތަކުގެ ނަމާއި ކުންފުނީގެ މަގާމް، އައި.ޑީ ކާޑު އަދި ފޯނުނަމްބަރު.

 

2.2.3  ކުންފުނީގެ މައިގަނޑު މަސައްކަތްތައް

 

2.2.4  ކުންފުނީގެ ރަޖިސްޓްރީ ނަމްބަރު އަދި ކުންފުނި އުފެދުނު ތާރީޚް

 

2.2.5  ވޭތުވެދިޔަ ތިން މަސްދުވަހުގެ (އޯގަސްޓް/ސެޕްޓެމްބަރ/އޮކްޓޯބަރ) ބޭންކް ސްޓޭޓްމަން ( ބޭންކްގެ ތައްގަނޑު ޖަހާފައިވާ) ނުވަތަ  2019 ވަނަ އަހަރުގެ އޯޑިޓް ރިޕޯރޓް (އިންޑިޕެންޑެންޓް އޮޑިޓަރެއްގެ)ހުށަހަޅަން ވާނެއެވެ. ބޭންކްތަކުން ދޫކުރާ ސްޓޭމްޕްޖެހި އޮންލައިން ބޭންކް ސްޓޭޓްމެންޓް ބަލައިގަނެވޭނެއެވެ.

 

2.3  ޓެކްސް ކްލިއަރަންސް ލިޔުން ނުވަތަ ޓެކްސް ދައްކާފައިވާކަމުގެ ރިސިޕްޓްތައް

 

2.4  މަސައްކަތުގެ  ތަޖްރިބާ ހުރިމިންވަރު ދެނެގަތުމަށް ލިޔުން ހުށަހެޅުން

 

2.4.1  ވޭތުވެދިޔަ 3 (ތިނެއް) އަހަރު ދުވަސްތެރޭ (ނޮވެމްބަރ 2017 އިން ފެށިގެން  އޮކްޓޯބަރ 2020އަށް) މިމަސައްކަތާއި ގުޅުންހުރި ގޮތުން ކޮށްފައިވާ މަސައްކަތް ނިންމި ކަމުގެ ލިޔުންތައް ( އެމަސައްކަތް ކުރުވި ފަރާތުން ދީފައިވާ ލިޔުންތައް) ހުށަހެޅުން.

 

2.4.2  ތަޖުރިބާއަށް މާކްސް ދިނުމުގައި ހުށަހަޅައިފައިވާ ލިޔުންތަކުގެ ސައްހަކަން ކަށަވަރު ކުރެވޭނެއެވެ. ސައްހަކަން ކަށަވަރުނުވާ ސިޓީތައް އެވެލުއޭޝަނުގައި ބައިވެރި ނުކުރެވޭނެއެވެ.

 

( މުހިއްމު ނޯޓް: އަގުތައް ނުހުންނަ ލިޔުންތައް ބަލައި ނުގަނެވޭއެވެ.)

 

2.4.3  މަސައްކަތާއި ގުޅުން ހުރިކަމަށް ބެލެވޭނީ އިންފޮމޭޝަން ޓެކްނޮލޮޖީ (އައި.ޓީ) އާއި ގުޅޭގޮތުން ސަޕްލައިކޮށްފައިވާ ތަކެތީގެ ލިޔުންތަކެވެ.

 

2.5  މިބިޑަށް މާކްސް ދެވޭނީ މި މައުލޫމާތުކަރުދާހުގައި ހިމަނައިފައިވާ އިވެލުއޭޝަން ގައިޑްލައިނާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ.

 

3. އަގުހުށަހެޅުން

 

3.1  މިމަސައްކަތް ކުރަން ހުށަހަޅާ އަގާއި މުއްދަތަކީ މިފަދަ މަސައްކަތަކަށް އެކަށީގެންވާ އަގުތަކެއް ކަމުގައިބަލާނީ މާރކެޓް ރޭޓްތަކަށް ބަލައި ހޮސްޕިޓަލުގެ ޓެކްނިކަލް ޓީމްއިން ހަދާ ސާރވޭގެ މައްޗަށެވެ.

 

3.2  ހުށަހަޅާ އަގުތަކާއި މުއްދަތަކީ މިފަދަ މަސައްކަތެއް ކުރުމަށް އެކަށީގެންނުވާ އަގުތަކާއި މުއްދަތެއްނަމަ އެފަދަ ޕްރޮޕޯސަލްތައް ގަބޫލުނުކުރެވޭނެއެވެ. އަދި އެކަން އެފަރާތައް ތަފްސީލާއި އެކު އެންގޭނެއެވެ.

 

3.3  އަގު ހުށަހަޅަންވާނީ ޖީ.އެސް.ޓީ ހިމަނައިގެންނެވެ. ޖީއެސްޓީއާއި ނުލައި ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެއެވެ.

 

4. އިވެލުއެޝަން ގައިޑްލައިން

 

ބިޑަށް މާކްސް ދެވޭނީ ޕްރޯރާޓާގެ އުސޫލުންނެއެވެ.

 

4.1 މަސައްކަތުގެ އަގު

 

އަގަށް މާކްސްދެވޭނީ އެންމެ ކުޑައަގެއް (ޖުމުލަ އަގު) ހުށަހަޅާފަރާތްތަކަށް ގިނަމާކްސް ލިބޭގޮތަށެވެ. އަދި އެންމެ ބޮޑު އަގު ހުށަހަޅާ ފަރާތަކަށް،އެންމެ  ކުޑަ އަގު ހުށަހެޅި ފަރާތުގެ އަގަށް ބަލައި ނިސްބަތުން މަދުން މާކްސް ދެވޭ، ޕްރޯރާޓާގެ އުސޫލުންނެވެ.

 

4.2 މަސައްކަތުގެ ތަޖުރިބާ

 

މިބަޔަށް މާރކްސް ދެވޭނީ ހުށަހަޅާ ލިޔުންތަކުގައި ބަޔާންކޮށްފައިވާ މަސައްކަތުގެ އަގަށް ބިނާކޮށް ތިރީގައި މިދަންނަވާ ގޮތުގެ މަތީންނެވެ.

 

މަސައްކަތުގެ އަގު

ޕޮއިންޓް

20,000 އަށް ވުރެން ދަށް

2

20,001 އާއި 40,000 ދެމެދު

4

40,001 އާއި 70,000 ދެމެދު

8

70,001 އަށް ވުރެ މަތި

10

 

5. އެވޯޑް ކުރުން

 

މިމަސައްކަތް ޙަވާލުކުރާނެ ފަރާތެއް ހޮވުމަށް ހަމަޖެހިފައިވަނީ ތިރީގައި މިވާ އުސޫލުން މުޅި ޕްރޮޕޯސަލް ދިރާސާކުރުމަށްފަހު އެންމެ އެކަށީގެންވާ ފަރާތެއްކަމަށް ނިންމޭ ފަރާތަކަށެވެ.

 

1

އަގު

80 ޕޮއިންޓް

2

ތަޖްރިބާ

10 ޕޮއިންޓް

3

މުއްދަތު

10 ޕޮއިންޓް

 

މަސައްކަތް އެވޯޑްކުރަން ބިޑްއިވެލުއޭޝަން ކޮމެޓީން ނިންމައި އެކަން ކޮންޓްރެކްޓަރަށް އެންގުމުން އެކަން ކުރެވެން ނެތްކަމަށްބުނުން ނުވަތަ އެގްރީމެންޓްގައި ސޮއިކުރަން ނައުން ނުވަތަ މަސައްކަތުން ބައެއް ނިންމާފައި މަސައްކަތް ދޫކޮށްލުން ނުވަތަ މަސައްކަތް ނުނިމި ލަސްވާތީ އެގްރީމެންޓް ބާތިލްކުރަންޖެހުންފަދަ ކަމެއް ކުރިމަތިކުރުވާ ކޮންޓްރެކްޓަރުންނަށް، ހަމަހާއި އެއްއަހަރާއި ދެމެދު މުއްދަތަކަށް މަސައްކަތް ޙަވާލުނުކުރުމުގެ އިޚްތިޔާރު މިހޮސްޕިޓަލަށް ލިބިގެންވެއެވެ.

 

6. އަންދާސީ ހިސާބު ހުށަހަޅާނެގޮތް

 

  ސީލް ކުރެވިފައިވާ ސިޓީ އުރައެއްގައި ތިރީގައި މި ދަންނަވާ ފޯމެޓްގައި.

 

BID REFERENCE: TENDER/HMH/2020/032
Hulhumalé’ Hospital
Huvandhumaa Hingun, Hulhumalé
+960 3350113

 

7.ބީލަން ހުށަހެޅުން

 

ވީމާ މިތަކެތި ސަޕްލައިކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 30 ނޮވެމްބަރ 2020 ވާ ހޯމަ ދުވަހުގެ މެންދުރު 10:00 ގައި ހުޅުމާލެ ހޮސްޕިޓަލުގެ މީޓިންގް ރޫމަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

 ނޯޓު:

 

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 26 ނޮވެމްބަރ 2020 ވަނަ ދުވަހުގެ 14:00 ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.

 

 

 

23 ނޮވެމްބަރ 2020

 

23 ނޮވެންބަރު 2020
ހޯދާ