ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަހުވަދޫން ގޯތި ދޫކުރުމަށް އެކުލަވާލާ ކޮމިޓީ ނެގުން

           މިރަށުން ގޯތިދޫކުމަށްޓަކައި ކައުންސިލުން އެކުލަވާލާ ގޯތިކޮމެޓީގައި އާއްމުންގެ ތެރެއިން  2 މެމްބަރުން (އަންހެން/ފިރިހެން) ނެގުމަށް މިއިދާރާއިން ކޮށްފައިވާ ނަންބަރު:27B-381/I-2020/ އިޢުލާނާއި ގުޅިގެން އެއްވެސްފަރާތަކުން ކުރިމަތިލާފައި ނުވާތީ އެ އިޢުލާން ބާޠިލްކޮށް، ގޯތިކޮމެޓީގައި އާއްމުންގެ ތެރެއިން  2 މެމްބަރުން (އަންހެން/ފިރިހެން) ނެގުމަށް އަލުން އިޢުލާންކޮށް އެކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ.

މެންބަރުންގެ މައިގަނޑު މަސައްކަތްތައް

01-  ގޯތި ދޫކުރުމަށް ބޭނުންކުރާ އެންމެހާ ޑޮކިއުމަންޓްތައް ޗެކްކޮށް ފައިނަލް ކުރުން

02-  ގޯތި ދޫކުރުމުގެ ގައިޑްލައިން އާއްމުންގެ ޚިޔާލަށް ހުޅުވާލުން

03-  ގައިޑް ލައިނަށް އާއްމުން ހުށައަޅާ ޝަކުވާތަކާ ޚިޔާލުތައް އިވެލުއޭޓްކުރުން

04-  ގޯއްޗަށް އެދި ހުށައަޅާ ފޯމްތައް އިވެލުއޭޓްކުރުން

05-  ފޯމުތަކަށް ޕޮއިންޓް ލިބިފައިވާގޮތުގެ ޑްރާފްޓް ލިސްޓް އާއްމުކުރުން

06-  ޕޮއިންޓް ލިބިފައިވާގޮތަށް އާއްމުން ހުށައަޅާ ޝަކުވާ އިވެލުއޭޓްކުރުން

07-  ޕޮއިންޓް ލިބިފައިވާ ގޮތުގެ ފައިނަލް ލިސްޓް އާއްމުކުރުން

08-  ގުރުއަތުލަންޖެހޭ ގޯތިތަކުގެ ގުރުއަތުލުން ކުރިޔަށް ގެންދިއުން

09-  ގޯތި ލިބޭ ފަރާތްތަކުގެ ފައިނަލް ލިސްޓް އާއްމުކުރުން

10-  ގޯތި ނަންބަރު ގުރުއަތުލުންކުރިޔަށް ގެންދިއުމާ، ގޯތިލިބޭ ފަރާތްތަކަށް ގޯތި ލިބުނުކަމުގެ ލިޔުން ޙަވާލުކުރުން

                  ވީމާ ގޯތިކޮމިޓީގައި  އާއްމުމެމްބަރެއްގެ ގޮތުގައި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ، ޢުމުރުން 18 އަހަރު ފުރިފައިވާ ފަރާތްތަކުން 2020 ނޮވެމްބަރ 30 ވަނަ ދުވަހުގެ 14:00ގެ ކުރިން، ވަނަވަރު ބަޔާންކޮށް ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއެކު ސިޓީއަކުން މިކައުންސިލަށް ހުށައެޅުއްވުންއެދެމެވެ. ބޭނުންވާ ޢަދަދަށްވުރެ، ގިނަ ފަރާތްތަކުން ކުރިމަތިލައްވައިފިނަމަ، 2 މެންބަރުން ނަގާނީ މިއިދާރާއިން އިންޓަވިއުކުރުމަށްފަހުގައެވެ.

19 ނޮވެންބަރު 2020
ހޯދާ