ޤައުމީ ކުތުބުޚާނާ
ދިވެހިރާއްޖެ
ކޯވިޑް-19 އާ ގުޅިގެން އައު ޢާންމު ޙާލަތުގައި ޤައުމީ ކުތުބުޚާނާގެ ޚިދުމަތް ފެށުމަށްޓަކައި ހުޅުވާލުން.

ކޯވިޑް-19 ވައިރަސް، އިން ރައްކާތެރިވުމަށް އަޅާފައިވާ އައު ޢާންމު ޙާލަތުގައި ޤައުމައިގެން ޚިދުމަތް ދިނުމަށްޓަކައި 22 ނޮވެމްބަރ 2020 ވާ އާދިއްތަ ދުވަހުން ފެށިގެން ޤައުމީ ކުތުބުޚާނާއިން ޚިދުމަތް ދެމުން ގެންދާނެ ވާހަކަ ދެންނެވީމެވެ.  

މިއައު ޢާންމު ޙާލަތުގައި ޤައުމީ ކުތުބުޚާނާއިން ޚިދުމަތް ދެމުން ގެންދާނީ ހަފްތާއަކު 3 ދުވަހުކަމަށާއި، އެއީ ކޮންމެ ހަފްތާއެއްގެ އާދިއްތަ، އަންގާރަ، ބުރާސްފަތި މި 3 ދުވަހުގެ މެންދުރު 12:00އިން 15:00ށް ކަމުގައި ދަންނަވަމެވެ.

އަދި ލައިބްރަރީ ބޭނުންކުރާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށްޓަކައި ނިހާޔަތަށް މަޢާފަށް އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3007200 އަށް ގުޅުއްވުން އެދެމެވެ.

                   ޝުކުރިއްޔާ!    

18 ނޮވެންބަރު 2020
ހޯދާ